2001 ވަނަ އަހަރުގެ ކާމިޔާބު ފިލުމު ''ތުމް ބިން'' ގައި މައިގަނޑު ރޯލެއް އަދާކޮށްފައިވާ ހިމާންސޫ މާލިކް މަޝްހޫރުކަން ބޭނުންނަމަ ކުރިއަރަމުން އަންނަ ބަތަލާއަކާއި ލޯބީގެ ގުޅުމެއް ބޭއްވުމަށް މަޖުބޫރު ކުރުވި ކަމަށް އޭނާ ބުނެފިއެވެ.

ހިމާންޝޫ މި ވާހަކަތައް ހިއްސާ ކޮށްފައިވަނީ ދާދިފަހުން ނަވްބާރަތު ޓައިމްސްއަށް ދިން އިންޓަވިއުއެއްގައެވެ.

''ތުމް ބިން އަށް ފަހު ފިލުމު އިންޑަސްޓްރީގެ ގޮތް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގުން. އަދި އެއީ އަހަރެންނަށް މާކަމުދާ ގޮތްތަކެއް ނޫން. އެއީ މެގަޒިންތަކަށް ބޮޑު ސަމާލުކަމެއް އޮތް ދުވަސްވަރެއް. އެއިރުގެ ވަރަށް މަގުބޫލު މެގަޒިންއަކުން އަހަރެންނަށް ގުޅި މަޝްހޫރުކަން ހޯދަން ބޭނުންތޯ އެހުމަށް. އަދި މަޝްހޫރުކަން ބޭނުން ނަމަ ކުރިއަރަމުން އަންނަ ބަތަލާއަކާއި ލޯބީގެ ގޮތުން ގުޅުމެއް ބޭއްވުމަށް ވެސް އަހަރެން ގާތު ބުނި. އަހަރެންނާއި ބެހޭގޮތުން ރަނގަޅު ޚަބަރެއް ލިޔެވާނީ އެއިރުން ކަމަށް ވެސް ބުނި'' ހިމާންޝޫ ބުނެފައިވެއެވެ.

މިކަހަލަ ކަންތައްތައް އެނގުމުން ހިމާންޝޫ ވަރަށް އަޖައިބުވި ކަމަށާއި ގިނަ މީހުން މަޝްހޫރުކަން ހޯދާފައިވަނީ ވެސް އެގޮތަށް ކަންތައް ކޮށްގެން ކަމަށް ވެސް އެ މެގަޒިންގެ ފަރާތުން ބުނި ކަމަށް ހިމާންޝޫ ބުންޏެވެ.

''ގޯއާއިން ރޫމެއް ނަގައިގެން ބަތަލާއަކާއި އެކު އެތަނަށް ދިޔުމަށް ވެސް ބުނި. އަދި އެ މެގަޒިންގެ މީހުން ރަނގަޅު ޚަބަރެއް ލިޔެ އަހަރެންނަށް މަޝްހޫރުކަން ހޯދައިދޭނެ ކަމަށް ވެސް ބުނި'' އިތުރަށް ހިމާންޝޫ ބުންޏެވެ.

ހިމާންޝޫ މިހާރު ކުރަމުންދަނީ ޑައިރެކްޝަންގެ މަސައްކަތެވެ. މި މަހުގެ 20 ވަނަ ދުވަހު ހިމާންޝޫ ޑައިރެކްޓް ކޮށްފައިވާ ފިލުމު ''ޗިތުރަކޫޓް'' ރިލީޒް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު