އެމެރިކާގައި ކުއްޔަށް ދިނުމަށް އިޢުލާން ކޮށްފައިވާ ތިން ކޮޓަރީގެ ގެއެއްގައި ފާހާނާ ތަށި ސިޑި މަތީގައި ހުންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވެއްޖެއެވެ.

އާއްމުވެފައިވާ މިގޭގެ ފޮޓޯތަކުން ފެންނަނީ ބޭރުގައި ބަގީޗާއެއްލާފައި، ލަކުޑިން ފަރުމާ ކޮށްފައިވާ ބަދިގެއަކާއި، ސިޓިން ރޫމަކާއި ތިން ކޮޓަރީއެވެ. އެކަމަކު މި ގެއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މި ގޭގެ ސިޑި މަތީގައި ފާހާނާ ތަށި ބަހައްޓާފައި ހުރުމުންނެވެ.

މި ގެ ކުއްޔަށް ދިނުމަށް ކޮށްފައިވާ އިޢުލާނުގައި މި ގެ ހުންނަނީ ވަރަށް ރަނގަޅު ހިސާބެއްގައި ކަމަށެވެ. މިއީ ވަރަށް ބޮޑު ގެއެއް ކަމަށް ވެސް ބުނެފައިވެއެވެ. ގަރާޖަކާއި އެކު ގޭގެ ''ބޭސްމެންޓް'' ގައި ވޯކްޝޯޕެއް ހުންނަ ކަމަށް ވެސް ލިޔެފައިވެއެވެ.

ގޭގެ ބޮޑުކަމާއި ގެ ހުންނަ ހިތްގައިމު ސަރަހައްދުގެ ވާހަކަތައް ދައްކާފައިވީ ނަމަވެސް މިގޭގެ ސިޑީގައި ފާހާނާ ތަށި ބަހައްޓާފައި ހުރީ ކީއްވެކަން ބުނެދީފައެއް ނުވެއެވެ.

މި ފާހާނާ ތަށި ސިޑި މަތީގައި ބެހެއްޓިފައި އެހުރީ ގެ އިމާރާތް ކުރުމުގެ މައްސަލައަކުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ބައެއް ފަރާތްތަކުން ބުނަނީ އެއީ އެގޮތަށް ރާވާއިގެން ހަދާފައިވާ ގޮތެއް ކަމަށެވެ.

އަދި ބައެއް ފަރާތްތަކުން އެއީ އައު ތަޖުރިބާއެއް ކޮށްލުމަށް ކޮށްފައިވާ ކަމެއް ކަމަށް ބުނާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ބޭނުންކުރާ ފާހާނާއެއް ނޫން ކަމަށާއި ޒީނަތްތެރި ކުރުމުގެ ގޮތުން ބަހައްޓާފައި ހުރި އެއްޗެއް ކަމަށެވެ.

މި ފާހާނާ ތަށި ބަހައްޓާފައި ހުރީ ކާޕެޓް އަޅާފައިވާ ސިޑިއެއްގެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖީނިއަސް

    އެއީ ގެއަށް އައިސް ފާހާނާ އާއި ހަމައަށް ނުދެވެނީސް ލެވިދާނެތީ.....

  2. ހދހދހ

    މަ ބޭންދިން މަގުމަތީ ފާރު މަތީގައި ވެސް

  3. Anonymous

    ރޯ އޮރިޔާމުން އުޅޭ ބަޔަކު ކުރުން އެކަށީގެންވޭ މިކަހަލަ ކަންތައް.

  4. މުންތޭ

    ފާޚާނާތަށި ތިޔަސިޑިމަތީގައި ބަހައްޓާފައި އެވަނީ ވެމްކޯ ލޮރީ ކުނިބަލާ ނައިސްގެން