ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުރިދޭވީ މަރުވީ ގެނބިގެންކަމަށް ދުބާއީގައި ހެދި ފޮރިންސިކް ރިޕޯޓްއިން ދައްކައިފިއެވެ.

"ގަލްފް ނިއުސް" އިން ރިޕޯޓު ކުރާ ގޮތުގައި، ފޮރެންސިކް ރިޕޯޓުން ދެއްކީ ސުރިދޭވީގެ ހަށިގަނޑުގައި ރަލުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރި ކަމަށެވެ. އަދި އޭނާ މަރުވީ އޭނާ މަޑު ކުރި ހޮޓެލް ރޫމުގެ ބާތް ޓަބްއެއްގައި ގެނބިގެންނެވެ.

ސުރިދޭވީ މަރުވެފައި ވަނީ ގެނބިގެން ކަން ކަށަވަރުވެފައިވާ އިރު އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ދެނެގަތުމުގެ މަސައްކަތް ފުލުުހުން ދަނީ ކުރަމުންނެވެ. އަދި މިހާރު ބެލެވިފައި ވަނީ އޭނާ ގެނބިފައި ވަނީ މަސްތުގެ ހާލުގައި ހުރުމުން ކަމަށެވެ.

އުމުރުން 54 އަހަރުގައި ސްރިދެވީ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ދުބާއީގައެވެ. އެންމެ ފުރަތަމަ ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ސުރިދެވީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ސަޕޯޓަރުން ރާއްޖޭގައިވެސް ވަރަށް ގިނައެވެ. އެހެން ކަމުން އޭނާގެ މާރާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލޮލި

  Thanks

 2. ހާމިދު ދާއީ

  ސުރީ ދޭވީވެސް ބާތް ޓަބައް، ކްރެއިން ބެރީސްގެ ލީޑް ސިންގާ އޮކޮންނާ ވެސް ބާތްޓަބަށް. މިއީ ކޮންކަހަލަ އިއްތިފާގެއް. ދެމީހުންވެސް މަރުވެފައިވަނީ ދާދި އެއް އުމުރެއްގައި. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ...!

 3. ގަޅިބެ

  މަ ރުޅިއައިސްފަ މިހިރީ ވަގުތު މީހުން މަ ފޮނުވާ ކޮމެންޓު ނުޖަހާތި...

 4. ސްރީދޭވީ ހޭޓަރ އެއް

  ކޮން ހިތާމައެއް؟ ތިބުނީ އެކަނބުލޭގެ މަރުވީ ބޮއެގެން ކަމަށް. ޢަދި ގެނބިގެންނޯ! ބޮއެގެން ކާފަރުކަންމަތީ މަރުވީމަވެސް ހިތާމަކުރެވޭތަ؟ ނޯ ވޭ...އައި ހޭޓް ހާ....

 5. ސައިނީ

  ރާއްޖޭގެ ތިބީ އޭނަ ދަންނަ މަދު މީހުން ކޮޅެއް ރާއްޖޭގެ 65 މަތީގެ މީހުނަށް އޭނަ އިގެނީ

  • ބެހެހެ

   ލޮލް