ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ސްޓްރޭންޖާ ތިންގްސް 4 ގެ ފުރަތަމަ ވޮލިއުމް މި މަހު ނެރެން ނިންމައިފި އެވެ.

ނެޓް ފްލިކްސްއިން ދައްކާ އެ ސީޒީޒްގެ 4 ވަނަ ސީޒަންގެ ފުރަތަމަ ވޮލިއުމް ނެރެން ހަމަޖައްސާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

އަދި ދެވަނަ ވޮލިއުމް ނެރެން ހަމަޖެހިފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.

ސްޓްރޭންޖާ ތިންގްސް އަކީ އާދަޔާ ހިލާފު ކަންތަކުގެ ކަނޑެއްގައި ކުޑަކުދިންތަކެއް އުޅޭ ސީރީޒް އެކެވެ. އަދި ސީރީޒްގައި ތަފާތު ބާރުތަކެއް ލިބިފައިވާ އަންހެން ކުއްޖަކު ވެސް އުޅެ އެވެ.

އެ ސީރީޒްގައި ދައްކާ ގޮތުގައި ފަސް ކުދިންގެ ގްރޫޕެއް ވެގެން އެހެން ދުނިޔެއަކުން އަންނަ މަހުލޫގްތަކަކާއި ހަގުރާމަ ކުރެ އެވެ. އަދި ކާމިޔާބު ހޯދަ އެވެ.

ސީޒަން 4 ޓްރެއިލާގައި ދައްކާގޮތުން މިހާރު އެ ކުދިން ވަނީ ފުރާވަރުގެ އުމުރަށް އަޅާފަ އެވެ. އަދި އެ މަހުލޫގްތައް އަނެއްކާވެސް ދުނިޔެއަށް އައިސް އިންސާނުންގެ މައްޗަށް ބާރުފޯރުވަން އުޅޭ މަންޒަރު ފެނެ އެވެ.

ނަމަވެސް އެ ފަސް ކުދިން ވެގެން އެ އެއްޗިއްސާއި ހަނގުރާމަ ކޮށް ކުރި ހޯދަ އެވެ.

އެ ސީރީޒްގެ މިހާތަނަށް ނެރިފައިވާ ހުރިހާ ސީޒަންތަކެއް ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

ސްޓްރޭންޖާ ތިންގްސްގެ ސީޒަން 4 ނެޓްފްލިކްސްއިން ނެރެން ނިންމާފައި މި ވަނީ ކޮވިޑާއި ހެދި އެ ސީރީޒް މެދުކަނޑާލުމަށް ފަހު އެވެ.

މިހާރު ނެރިފައިވާ ޓްރެއިލާއާއި އެކު ގިނަ ބަޔަކު ސީޒަން 4 ނިކުންނަ ދުވަހަށް ދަނީ އިންތިޒާރު ކުރަމުން ނެވެ.