މިސްރަށް ނިސްބަތްވާ އަންހެނަކަށް، އޭނާގެ ފިރިމީހާ އެހެން މީހަކާއި އެންގޭޖްވާ ހަފްލާއަށް ދިއުމުށް މަޖުބޫރު ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަތަކެއް ކޯޓަަށް ހުށަހަޅައިފިއެވެ.

އެ އަންހެން މީހާ ބުނީ، އެ ހަފްލާއަށް ދިއުމަށް އޭނާގެ ފިރިމީހާ މަޖުބޫރު ކުރި ކަމަށާއި، އެހެން ނޫން ނަމަ ދަރިން އޭނާއަށް ނުފެންނާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

"އަހަރެންނަށް ބޮޑު ހައިރާންކަމެއް ލިބުނީ، އަހަރެންގެ ފިރިމިހާ ކައިވެނި ކުރަން އުޅޭ އެ އަންހެން މިހާއަކީ އަހަރެންގެ ވަރަށް ގާތް މީހެއްކަން އެނގުމުން. އެވަގުތު އަހަރެންނަށް އޮތީ އެންމެ ދެ ގޮތް. އަހަރެންގެ ފިރިމިހާގެ ދެކޮޅަށް ތެެދުވުން ނޫނީ އެކަން ހިތުންގެ އަޑިން ބަލައިގަތުން". އޭނާ ބުންޏެވެ.

އެހެންވެ އޭނާ ބޭނުންވީ ފިރިމީހާއާ ދެކޮޅަށް 13 މައްސަލައެއް ކޯޓަށް ހުށަހަޅާށެވެ. އޭގެ ތެރޭގައި ވަރީގެ މައްސަލަވެސް ހިމެނެއެވެ. އޭނާ ބުނެފައިވާގޮތުގައި، ދެވަނަ ކައިވެންޏެއް ފިރިމީހާ ކުރުމަށް އޭނާ ހުއްދަނުދިނުމުން ގެއިންވެސް ނެރެލި ކަމަަށެވެ. އަދި އޭނާގެ އަތުގައި ހުރި ގަހަނާތައް ނަގައި ފުރަތަމަ ދެވަނަ އަންހެނުންނަށް ދޭން މަޖުބޫރުވެސް ކުރިއެވެ.

އޭނާ ބުނީ މަޖުބޫރުކޮށްގެންވެސް، ދެވަނަ ކައިވެންޏެއް ކުރުމަށް އޭނާ އެއްބަސްކޮށް، އިންޒާރުވެސް ދިން ކަމަށެވެ.

އެ މައްސަލަ ކޯޓުގައި އަދި ނުފަށައެވެ.