ސޫދާންގައި ކަންބަޅި ބަކަރިއެއް ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގައި ކަންބަޅި ބަކަރިއެއް ޖަލަށްލާން ހުކުމް ކޮށްފައިވަނީ އެގައުމުގެ ދެކުނު ސަރަހައްދެއްގައި އަންހެނަކު މަރާލުމާއި ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެސޮރު އެއަންހެން މީހާ މަރާލާފައިވަނީ އެކި ގޮތްގޮތުން ހަމަލާތަކެއް ދީގެންނެވެ. އެގޮތުން އަންހެން މީހާގެ ބޮލަށާއި މެޔަށް ވެސް އެކި ކަހަލަ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އަންހެން މީހާގެ މަރުގެ ދިޔައިގެ ގޮތުގައި ފަސް ގެރި އަންހެން މީހާގެ އާއިލާއަށް ދިނުމަށް އެސަރަހައްދުގެ ކޯޓަކުން ވަނީ ބަކަރި ގެންގުޅޭ މީހާގެ މައްޗަށް އަމުރު ކޮށްފައެވެ.

ސޫދާންގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި ފުލުހުން ވަނީ ބަކަރި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގައުމުގެ ގާނޫނު ބުނާ ގޮތުގައި ޖަނަވާރެއްގެ ސަބަބުން އިންސާނަކު މަރުވެއްޖެނަމަ، އެޖަނަވާރު މަރުވި މީހާގެ އާއިލާއަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނެއެވެ. ނަމަވެސް މި ހާދިސާގައި ބަކަރި ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރުމުން ގިނަ ބަޔަކަށް ވަނީ އޮޅުންތަކެއް އަރާފައެވެ.

މިއީ ގައުމެއްގައި މިފަދަ ގޮތަކަށް ޖަނަވާރެއްގެ ސަބަބުން އިންސާނަކު މަރުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ބައެއް ގައުމުތަކުގައި މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކްނ

    ކަންބަޅި އުޅެނީ ސްޕުރީމް ކޯޓައް މައްސަލަ ހުށަހަޅަން.

    26
  2. އާދަނު

    ބިޑިއަޅުވައިގެންތަ ޖަލަށް ގެންދާނީ؟ އެސޮރު އުފާވާނެ! އެއީ އިރުން އިރަށް ބަރާބަރަށް ކާންލިބިފައި ވަކިތަނެއް ނިދަން ލިބުނީމާ!

    3
    1
  3. އަރީ

    ކަންބަޅި ހަމަލާ ދިނީ ކިއެއްވެގެންތޯ ސުވާލު އުފެދޭ؟ ބައެއްމީހުން ދެކޭގޮތުގަ ބަކަރި ހަމަލާދޭނީ އެއަށަވެސް ފޮރުއްޕާނެއް ޖެހޭތީވެ. މަރަށް މަރު ނުހިފީ ކީއްވެތަ؟

  4. ކޮމެންޓޫ

    ތިޔަ ކަންބަޅީގެ މައިބަދަ އެމްއާރްއައި ސްކޭނެއް ވީހަށް ވެސް އަވަހަށް ހަދާ. ޔަގީން ރެނދުލާފަ ހުންނާނީ އަވަހަށް ބެޑްރެސްޓް ދީފަ ފިޒިއޮތެރަޕީއަށް ގެންދޭ