އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޒުވާން މޮޑެލް އަކާއި އެކު ލޯބީގެ ގުޅުމެއް ބޭއްވިކަން ހާމަވެ ޓްރަމްޕް އަނެއްކާވެސް ފަލީހަތްވެއްޖެއެވެ.

ޓްރަމްޕް ގުޅުން ބޭއްވި ކަމަށް ވަނީ ޕްލޭބޯއީ މޮޑެލް އެއް ކަމަށްވާ ކަރެން މެކްޑޯގަލް އާއި އެވެ. ޓްރަމްޕް ކަރެން އާއި ގުޅުން ބޭއްވިކަން ފަޅާއެރީ ކަރެން އާއި ޓްރަމްޕް ބޭއްވި ގުޅުން ސިއްރު ކުރުމަށް އޭނާ އަށް ފައިސާ ދިނުމާއި ގުޅޭ ގޮތުން ޓްރަމްޕް އޭނާގެ ޤާނޫނީ ވަކީލް މައިކަލް ކޯހެން އާއި މަޝްވަރާ ކުރި އޯޑިއޯއެއް ލީކް ވުމުންނެވެ.

ލީކްވި އޯޑިއޯ އަކީ ޓްރަމްޕް އާއި ކޯހެން ދެއްކި ވާހަކަތައް ސިއްރުން ރެކޯޑް ކޮށްފައިވާ އޯޑިއޯ އެކެވެ. އޯޑިއޯ އިން އެނގޭ ގޮތުގައި މޮޑެލް އަށް ދޮޅުލައްކަ އެމެރިކާ ޑޮލަރު ދެވިދާނެ ކަމަށް ޤާނޫނީ ވަކީލް ޓްރަމްޕް ކައިރީގައި ބުނެއެވެ.

ކޯހަން ޓްރަމްޕް ކައިރީގައި ބުނަނީ މޮޑެލް އަށް ފައިސާ ދިނުމަށްޓަކައި އާކުންފުންޏެއް އުފައްދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޓްރަމްޕް ބުނަނީ ކޭޝް އިން ފައިސާ ދިނުމަށެވެ. އެހެން ޓްރަމްޕް ބުނުމާއި އެކު ވަކީލް ވަރަށް ބޮޑަށް އެކަމާއި ދެކޮޅު ހަދައެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު އެވެ.

ބަރަހަނާ ފިލްމް ކުޅޭ އަންހެނަކާއި ޓްރަމްޕް ގުޅުން ބޭއްވިކަން ވެސް މީގެ ކުރިން ވަނީ ބޭޒާރުވެފައެވެ. އޭނާ އަށް ވެސް ޓްރަމްޕް ވަނީ އެވާހަކަތައް ސިއްރު ކުރުން އެދި ފައިސާ ދީފައެވެ.

ޓްރަމްޕް ސިއްރުން އަންހެނަކާއި ގުޅުން ބޭއްވިކަން އަނެއްކާވެސް ބޭޒާރުވުމާއި އެކު އޭނާ މަގާމުން ދުރުކުމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ޑިމޮކްރަޓިކުން ދަނީ ޓްރަމްޕް ރައީސް ކަމުގެ އަޙްލާޤީ މިންގަނޑުން ބޭރުވެއްޖެ ކަމަށް ބުނެ ކޮންގްރެސް މެދުވެރިކޮށް ޓްރަމްޕް މަގާމުން ދުރުކުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެއްޔާ

    ކިހެނެތް އޭނާ ކެއްކުރާނީ؟ ދުނިޔޭގެ ރީިގެ ރާނީ ތަައް ގޮވައިގެން. އަތުގަ ޙޭކެންޏާ ދަތުގައިހޭޏެނޭ ބުނާ ބީދައިން

  2. ކަންޒޭ

    ޓްރަންޕް ނަންވާނީ އެހެންމީހުން މާ ގިނައިން ދޭކަންނޭނގެ! ހިލެޔެއް ނޫނޯ...

  3. ޖޮއްބެ

    އާރެން ކޮންމައްސަލަ ހުންނަނީ....؟؟؟