އިންޑިއާގެ މަގުތަކުގައި އެކްސިޑެންޓްތައް ހިނގާ ވާހަކަ ވަރަށް ބޮޑަށް ދެކެެވެއެވެ. އެފަދަ ހާދިސާތަކުގެ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި އާއްމުވެސް ވެއެވެ. މިފަހަރު އެކަމަކު އާއްމުވެގެން މި އުޅެނީ އެފަދަ ވީޑީއޯއެއް ނޫނެވެ. މިފަހަރު އާއްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ހަ މީހަކު އެއް ސައިކަލެއްގައި ދަތުރު ކުރާ ތަނެވެ.

ރަމަންޑީޕް ސިންގ ނަމަކަށް ކިޔާ މީހަކު އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެނިގެންދަނީ ހަ މީހަކު ސްކޫޓަރެއްގައި ތިބޭއިރު، އޭގެ ތެރެއިން އެކަކު އެ ސައިކަލުގައި އިން މީހެއްގެ ކޮނޑުމަތީގައި އިށީންދެގެން އިންނަ ތަނެވެ.

ރަމަންޑީޕް އެ ވީޑިއޯ އާއްމުކޮށް، މުމްބާއި ފުލުހުންވެސް ޓެގް ކުރިއެވެ. އެއަށް ފުލުހުން ޖަވާބުވެސް ދީފައި ވެެއެވެ. އޭގައި ލިޔެފައި ވަނީ، އޭނާއަށް ފުލުހުން ފޮލޯކޮށްފައިވާ ކަމަށެވެ. އަދި ގުޅޭނެ މައުލޫމާތު ދިނުމަށް އެދިފައި ވެއެވެ.

އެ ވީޑިއޯ އާއްމުވުމާއެކު އެތައް ބަޔަކު ވަނީ މިއީ ރައްކާތެރި ގޮތެއް ނޫން ކަމަށް ބުނެފައެވެ. އަދި އެމީހުުންގެ މައްސަލަ ބަލަން ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު