ގާތްގަނޑަކަށް ދެ ހަފްތާ ވަންދެން ގެއްލިގެން ހޯދަމުންދިޔަ އިންޑިއާގެ ހަރްޔަންވީ ލަވަކިޔުންތެރިޔާގެ ހަށިގަނޑު ވަޅުލާފައި އޮއްވާ ފެނިއްޖެއެވެ. އެ އަންހެން ލަވަކިޔުންތެރިޔާގެ ހަށިގަނޑު ވަޅުލާފައި އޮއްވާ ފެނިފައި ވަނީ ރޮހްޓަކް ޑިސްޓްރިކްޓްގެ ހައިވޭ ކައިރީގައި ވަޅުލާފައި އޮއްވެއެވެ.

ދިއްލީގައި ދިރިއުޅެމުންދާ އެ ލަވަކިޔުންތެރިޔާ އެންމެ ފަހުން އާއިލާއަށް ފެނިފައި ވަނީ މެއި 11 ވަނަ ދުވަހު ކަމަށް އާއިލާއިން ބުނެއެވެ.

އަދި ތިން ދުވަސް ފަހުން އާއިލާއިން ވަނީ އޭނާ ކިޑްނެޕްކޮށްފައިވާ ކަމަށް ބުނެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އާއިލާއިން ތުހުމަތު ކުރާގޮތުގައި،ރަވީ އާއި ރޯހިތު ނަމަކަށް ކިޔާ، އޭނާއާއެކު މަސައްކަތް ކުރި ދެ ފިރިހެނަކު އޭނާ ކިޑްނެޕްކޮށް މަރާލީއެވެ.

އާއިލާއިން ބުނާގޮތުގައި، ރޯހިތު އާއެކު އޭނާ ވަނީ މިއުޒިކް ވީޑިއޯއެއްޝޫޓް ކުރުމަށް ބިވާނީ އަށް ގޮސްފައެވެ.

ރޮހްތާކްގެ މެހާމް ކައިރީގައި ހުރި ހޮޓަލެއްގެ ސެކިއުރިޓީ ކެމެރާ ފުޓޭޖުން ފެނިފައި ވަނީ އެމީހުން ރޭގަނޑު ކެއުމެއްގައި ތިއްބާއެވެ.އ

އާއިލާއިން ތުހުމަތު ކުރަނީ ފުލުހުން މި މައްސަލަ ބަލަން ނޫޅެނީ ކަމަށެވެ.

"ޖަންގިޔާ ފިޔަވައި އިތުރު ފޭރާމެއް އޭނާގެ ގައިގައި ނެތް" އެ މީހުން ބުނެފައި ވެއެވެ.

ހަރިޔާނާގެ މެހަމްއަވަށުގެ ފުލުހުން ބުނީ ބަހިރޯން ބަހިނީ ވިލެޖުގައި ވަޅުލާފައިއޮތް އިންސާނެއްގެ ހަށިގަނޑެއްގެ މައުލޫމާތު މީގެ އެއްދުވަސް ކުރިން ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ފޮނުވާލިއިރު، އެއީ އެ ލަވަކިޔުންތެރިޔާކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

އެ މައްސަލައިގައި އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    އިންޑިޔާގެ އަގުވެއްޓޭގޮތަށް ޚަބަރު ނުލިޔުމަށް ދަންނަވަން. އިންޑިޔާއިން މިކަހަލަ ކަމެއ ނުކުރާނެ. މިވާނީ ކޮންމެވެސް އެހެން ގައުމަކުން ކުރިކަމަކަށް.

    8
    3