ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އަދި ބިލިއަނަރު އީލޮން މަސްކު ސޯޝަލް ނެޓްވޯކް، ޓުވިޓާ ގަތުން ހުއްޓުވަން ބިލިއަނަރު ބިލް ގޭޓްސް މިލިއަނުން ހަރަދުކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީލޮން ޓުވިޓާ ގަތުން ހުއްޓުވަން މަސައްކަތް ކުރި 26 ޖަމިއްޔާއެއްގެ ތެރެއިން 11 ޖަމިއްޔާއަކަށް ބިލް ގޭޓްސް ވަނީ މިލިއަނުން އެހީ ވެފަ އެވެ.

އީލޮން މަސްކަކީ ޓުވިޓާގައި ބިލް ގޭޓްސްއަށް ވަރަށް ބޮޑަށް ހަޖޫ ޖަހާ ބޭފުޅެއް ވެސް މެއެވެ.

ގޭޓްސްއަކީ ކޮވިޑާއި އެހެނިހެން ވެކްސިންތައް އުފައްދަން ވަރަށް ބޮޑަށް ހަރަދުކުރައްވާ ބޭފުޅެކެވެ. އީލޮން މީގެ ކުރިން ވަނީ ގޭޓްސް ހަދާ ވެކްސިނެއް ނުޖަހާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮވިޑް ފެތުރެން ފެށުމާއިއެކު ޓުވިޓާއިން ވަނީ ވެކްސިނާ ދެކޮޅު ވާހަކަތައް ފެތުރުން އެ ޕްލެޓްފޯމްގައި ހުއްޓުވައިފަ އެވެ. ގޭޓްސްއަކީ ވެކްސިނާއި ދެކޮޅު ވާހަކަަތައް ސޯޝަލް މީޑިއާގައި ދެއްކުން ހުއްޓުވަން ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެއް ވެސް މެއެވެ.

އެހެން ނަމަވެސް އީލޮން ފާހަގަކުރެވިފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

އީލޮން 44 ބިލިއަން ޑޮލަރަށް ޓުވިޓާ ގަންނަން މި މަހު ކުރީ ކޮޅު ޓުވިޓާގެ ޑައިރެކްޓަރުންގެ ބޯޑާއެކު އޮތީ އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން ޓުވިޓާ ގަތުން މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.

އީލޮން ބޭނުންވަނީ ޓުވިޓާ ގަތުމުގެ ކުރިން އެ ޕްލެޓްފޯމްގައި ހިމެނޭ ފޭކް އެކައުންޓްތަކަކީ ފަސް ޕަސެންޓަށް ވުރެ ދަށް އަދަދެއް ކަމަށް ހާމަކޮށްދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާޖީބެ

    މީ މިއުންމަތުގެ ގާރޫނު

    10
    3
    • ޔޫތު

      ހުރިހާ ކަމެއް މިއޭ މި ކޮންޓްރޯލްކުރަނީ. އިންސާނުން ދކަމުބހާޖަތަށްވެސް ދާންވާނީ މީނަ ބުނާ ގޮތަށް