ބޮލީވުޑްގެ ސުޕާ ސްޓަރ ޝާހްރުކް ޚާން ވަނީ ނިއުދިއްލީގައި ބޭއްވި ހާއްސަ ބްރޭންޑް އިވެންޓެއްގައި އިއްޔެ ބައިވެރިވެފައެވެ. އޭނާ އެ އިވެންޓްގައި ބައިވެރިގެން ދެއްކި ވާހަކަތަކުން ބައެއް މީހުންނަށް ވީ ހައިރާންވާ ވަރުގެ ވާހަކައަކަށެވެ.

އޭނާ ކިޔާދިންގޮތުގައި، އޭނާއަކީ އެ ބްރޭންޑްގެ ވަރަށް ބޮޑު ފޭނެއް ކަަމަށެވެ. އަދި ގޭގައި އެ ބްރޭންޑްގެ ވަރަށް ބައިވަރު ޓީވީ ހުންނަ ކަމަށް ބުންޏެވެ.

"އަހަރެންގެ ކޮޓަރީގައި ޓީވީއެއް ހުރޭ، އަހަރެންގެ ސިޓިންގ ރޫމްގައިވެސް ޓީވީއެއް ހުރޭ. އިތުރު ޓީވީއެއް އަހަރެންގެ ފިރިހެން ދަރިފުޅު އަބްރަމްގެ ކޮޓަރީގައި އާއި އަރްޔާންގެ ކޮޓަރީގައި އާއި އަންހެން ދަރިފުޅުގެ ކޮޓަރީގައި ހުރޭ. އަދި ޖިމްގައި ވެސް ޓީވީއެއް ހުރޭ". އޭނާ ކިޔާދިނެވެ.

އޭނާ ބުނީ، އޭނާ ގެންގުޅޭ ބާ ޓީވީތައް ހަލާކުވުމުން، އެލްޖީ ޓީވީއެއް ގަންނަން ދުއްވައިގަންނަ ކަމަށެވެ.

"ކޮންމެ ޓީވީއެއްގެ އަގަކީ ގާތްގަނޑަކަށް ލައްކައެއް، ނޫނީ ލައްކަ ބައި. އެ ހިސާބުން ބަލާއިރު އަޅުގަނޑު ހުރިހާ ޓީވީތަކަށް ގާތްގަނޑަކަށް 30-40 ލައްކަ ރުޕީސް ހަރަދުކޮށްފިން،" އޭނާ އިތުރަށް ބުންޏެވެ.

ޝާޙްރުކްގެ އެ ވާހަކަތަކާއެކު، އެތައް ބަޔަކަށް ވަނީ އޭނާއަކީ ޓީވީއަށް ވަރަށް ބޮޑު ޝައުުގުވެރިކަން ހުންނަ މީހެއްކަން އެނގިފައެވެ. އެތައް ބަޔަކު އެއީ ހައިރާންވާވަރުގެ އަގުބޮޑު ޓީވީ ކަމަށް ބުނެފައި ވެއެވެ.