ލޯތްބަކީ ކަނު އެއްޗެކޭ ބުނާ ވާހަކަ އެތައް ފަހަރަކު އިވިއްޖެއެވެ. މިކަމުންވެސް އެކަން ކަށަވަރުވެއެވެ. މިއީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނަކު 76 އަހަރުގެ މާމައެއް ކައިރިން އިންނަން އެހި ވާހަކައެވެ. މިއާއެކު އެތައް ބައެއްގެ ފާޑުކިޔުންތައް އެ ގުޅުމަށް އަމާޒުވެގެން ގޮސްފިއެވެ.

ޖިއުސެޕް ޑި އަނާ ކިޔާ މި 19 އަހަރުގެ ޒުވާނާގެ ވާހަކަ މީސް މީޑިއާގައި ގިނަބަޔަކު ދައްކަން ފެށީ އޭނާގެ އުމުރުން ދުވަސްވީ ލޯބިވެރިޔާއާ އެންގޭޖްވި ކަން ހިއްސާ ކުރުމުންނެވެ.

އެ ޒުވާނާ ވަނީ އެ ޕްރޮޕޯސަލްގެ ދެތިން ފޮޓޯއެއް ހިއްސާ ކޮށްފައެވެ. ނަމަވެސް މީހުން އޭނާއަށް ތަހުނިޔާ ކިޔާކަށް ނޫޅުނެވެ. ބަދަލުގައި ފެށީ ފާޑުކިޔާށެވެ.

އޭނާ ހިއްސާ ކުރި އެއް ފޮޓޯއިން ފެންނަނީ އޭނާ ލޯބިވެރިޔާގެ ކުރިމަތީގައި ކަކޫޖަހައިގެން ހުރިތަނެވެ. އެ ފޮޓޯއިން ހިތުގެ ބައްޓަމަށް ހުރި ބައިވަރު ބެލޫންތައް ހިފަހައްޓައިގެން ހުންނަތަން ފެނިގެން ދެއެވެ. އަދި އިތުރު ފޮޓޯއަކުން އަންހެން މީހާއަށް ބޮސްދޭތަންވެސް ފެނިގެން ދެއެވެ.

ޓިކްޓޮކްގައި އެ ފޮޓޯތަކުގެ ވީޑީއޯއަށް އެތައް ހާސް ވިއުސް ލިބިފައި ވެއެވެ. އޭގެން އިތުރު ފޮޓޯއެއްގައި އެ އަންހެން މީހާ ކައިރިން އިންނަން އަހަން ބޭނުން ކުރި އަގޮޓިވެސް ފެނިގެން ދެއެވެ.

އެހެން ނަމަވެސް ގިނަބަޔަކަށް މި ގުޅުން ކަމުނުދިޔައީއެވެ. އެ ޒުވާނާ އެ މީހާއާއެކު އުޅެނީ ފައިސާއަށްޓަކައި ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

މިގޮތަށް ފާޑުކިޔާ މީހުންގެ ކޮމެންޓްތަކުގައި ޖިއުސެޕް ވަނީ ގިނަ މީހުން އެއީ އޭނާގެ މާމަކަމަށް ބުނެ ވާހަކަދައްކާ ކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް މިފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. އާއްމުކޮށް އުމުރުން ދުވަސްވީ މީހުންނާއި ލޯބީގެ ގޮތުން ގުޅިގެން ނުވަތަ ކައިވެނިކޮށްގެން އުޅޭތަން ފެންނަނީ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ނޫނޭ ނޫނޭ، މިހާރުގެ ގޮތަކީ މުސްކުޅި އަންހެނުން ޅަ ފިރިހެނުންނާ އިނދެގެން އުޅުން. މާލޭގައި ވެސް އެބައުޅޭ، ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެބައުޅޭ ޅަ ފިރިހެނުންނާ އިނދެގެންއުޅޭ މުސްކުޅި އަންހެނުން.

    22
    4
    • Anonymous

      މުސްކުޅި އަންހެންމީހާގެ ކުށެއްނެތް. އޭނަގެ ފައިސާގެ ދަހިވެތިކަމުގައިޖެހި އެންމެ 19 އަހަރުގެ ސޮރެއްވިއްޔާ ސިކުޑި ސުމަކަށްގޮސްގެން އުޅެނީ.

      17
      3
  2. ޕޮގުބާ

    ކަމު ނުދަނީ ފިރިހެން މީހާ ދޮށި ވީމަ މިހާރު އުޅޭ އަނހެނުންނަށް

    22
    4
    • ރޭސް

      ފިރިހެނުންނަށްވެސް ދުވަސްވީ އަންހެނުން ކަމުދާތި އިންނަނީ އެހެންނޫނީ ފައިސާއަށް.

      18
      2
    • ފުރީ

      ގަދަ ކަމުންތަ އިންނަނީ.. ޅަސޮރުމެން ވާތި އިނދެވެނީ.

  3. Anonymous

    މިފަދަ ޒަމާނެއްގައި، އަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވެނީ ތިޔައީ ފޮލޯވަރުން އިތުރުކޮއްލަން ކޮއްލި ކަމެއް ކަމަށް. ސަބަބަކީ ހުޅަނގުގެ ޤައުމުތަކުގައި، އިންސާނާގެ ޝަޚްސިއްޔަތު ދައްކައިދޭ ރަމްޒަކަށް، ގިނަ ފޮލޯވަރުން (އިންޓަނެޓްގައި) ތިބުން ލާޒިމް.

    6
    1