ސައުދި އަރަބިއްޔާގައި ފަހާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ މީހެއް ކަމަށްވާ ނައީމް ބޭނުންވީ މަސައްކަތުން ދުރަށް ގޮސް، ދަރިފުޅު އެ މަސައްކަތަށް ނެރޭށެވެ. އޭނާ އެ މަސައްކަތުގައި 30 އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ ދަރިފުޅު ސައުދީއަށް ދިޔަތާ ދެ ދުވަސް ނުވަނީސް ވަނީ މަރުވެފައެވެ.

މި ހުރިހާ ކަމެއް ހިނގީ އޭނާގެ ކުރިމަތީއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ނައިމް އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ހިތުގެ މައްސަލަތައް ހުންނާތީ އޭނާ ވަނީ އޭނާގެ ދަރިފުޅު އެ މަސައްކަތަށް އޭނާގެ ސްޓޯރަށް ގެނެސްފައެވެ. ބޭނުންވީ ކުރާ އެ މަސައްކަތުން ލިބޭ އާއްމުދަނީ އާއިލާގެ ކަންކަން ކުރިއަށް އޮތްތަނުގައިވެސް ބެލެހެއްޓުމެވެ.

އޭނާގެ ދަރިފުޅު ސައުދީއަށް އައީ މި އަހަރުގެ އޭޕަލް މަސް ތެރޭގައި ކަމަށް ބައްޕަ ބުނެފައި ވެއެވެ.

ނައީމް އިންޑިއާގައި އާއިލާއާއެކު ރޯދަމަހު ހޭދަކުރުމަށްފަހު އަނެއްކާވެސް ސައުދީއަށް ދިޔައީ ދަރިފުޅު އެ މަސައްކަތަށް ތަމްރީން ކުރުމަށެވެ. އޭގެ ފަހުން އޭނާ ބޭނުންވީ އަނބުރާ އިންޑިއާއަށް އައުމަށެވެ.

އެހެން ނަމަވެސް އެނބުރި ސައުދީ އަށް އައިތަނާހެން ނައީމަށް ފެނުނީ އޭނާގެ ދަރިފުޅު ފަހުނޭވާލި ތަނެވެ.

އެއީ އޭނާ ސައުދީއަށް އެނބުރި އައިތާ ދެވަނަ ދުވަހެވެ. އޭނާއަށް ފެނުނީ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި އެ ދަރިފުޅު މި ދުނިޔެ ދޫކުރި ތަނެވެ.

އެ ދަރިފުޅު މިހާރު ވަނީ އަލް އަފްލަޖްގައި ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު