އިންޑިއާ ބައިބައިވިތާ 75 އަހަރު ފަހުން އެއްބަނޑު އެއްބަފާ ދެމީހުން އަލުން އެއްތަންވެއްޖެއެވެ.

1947 ވަނަ އަހަރު ބައިގަރުނު ތެރޭގައި އާއިލާއާ ވަކިވި ޕާކިސްތާނުގެ އަންހެނަކު 75 އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޑިއާގައި ތިބި އެއްބަނޑު އެއްބަފާ ފިރިހެނުންނާއި މިދިޔަ މަހު ބައްދަލުކޮށްފިއެވެ.

1947 ވަނަ އަހަރު މި ޕާޓިޝަންގެ ސަބަބުން މިނިވަން ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން އުފެދިގެން ދިޔައެވެ. އެއީ ތާރީހާއި، ހަނގުރާމައާއި ކާރިސާއިން ބޭރުގައި މީހުން ހަރަކާތްތެރިވި އެންމެ ބޮޑު ހަރަކާތެވެ. ގާތްގަނޑަކަށް 12 މިލިއަނެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި ގޮސްފައިވާއިރު، ބައި މިލިއަނާއި މިލިއަނަކާއި ދެމެދުގެ އަދަދަކަށް މީހުން ދީނީ ހަމަނުޖެހުންތަކުގައި މަރުވެފައިވެއެވެ.

މި ބައިބައިވުމުގެ އާއިލާތައް ވެސް ރޫޅި ގޮސްފައިވެއެވެ. މި ހަލަބޮލިކަމުގެ ތެރޭގައި އާއިލާއާ ވަކިވި މުމްތާޒް ބިބީ ވަނީ މިދިޔަ އޭޕްރީލް މަހު ޕާކިސްތާނުގެ ކަރުތާރުޕޫރު ސާހިބު ގުދުރަތުވާރާގައި ފުރަތަމަ ފަހަރަށް އޭނާގެ އާއިލާގެ ދެމީހުން ކަމަށްވާ ބޭބެގުރްމުކް ސިންގް އާއި ބަލްދޭވް ސިންގްއާ ބައްދަލުކޮށްފައެވެ.

Mr Baldev on a video call with Ms Mumtaz

"އަހަރެމެންގެ ހަޔާތުގައި ކޮއްކޮއާ ބައްދަލުކުރެވޭ ގޮތް ވީތީ ވަރަށް އުފާވޭ،" ގުރްމުކް ސިންގް ބުނެފައި ވެއެވެ.

"ހަމަނުޖެހުންތަކުގެ ސަބަބުން އަހަރެމެންގެ ގުޅުން ވެސް ރޫޅުނީ،" މިހާރު އުމުރުން 70ގެ އަހަރުތަކުގެ މެދުތެރޭގައި ހުރި ގުރްމުކް ސިންގް ބުނެފައި ވެއެވެ.
އެ ކުދިންގެ ބައްޕަ ޕާލާ ސިންގް ޕާކިސްތާނުން އިންޑިއާގެ ޕަންޖާބު ސްޓޭޓުގެ ޕަޓިއާލާ ޑިސްޓްރިކްޓަށް ބަދަލުވީ އެ ހަމަނުޖެހުންތަކުގައި އޭނާގެ އަންހެނުން ޕާކިސްތާނުގައި މަރާލުމާއި ގުޅިގެންނެވެ.
"މަންމަގެ މަރުގެ ހަގީގަތް އެނގުމުން ބައްޕަ ހީކުރީ ބައްޕަގެ އަންހެން ދަރިފުޅު ވެސް މަރާލީ ކަމަށް، އޭގެ ފަހުން މަންމަގެ އެއްބަނޑު އެއްބަފާ ކޮއްކޮއާ ބައްޕަ ކައިވެނި ކުރީ،" ދެ ބޭބެއިންގެ ކޮއްކޮ ބަލްދޭވް ސިންގް ބުންޏެވެ.
Gurmukh Singh and Baldev Singh at their home in Patiala
އެކަމަކު އޭނާ މަރުނުވާ ކަމަށާއި، ޕާކިސްތާނުގައި މުމްތާޒް ބިބީ އަށް ނިސްބަތްވާ މުސްލިމް ދެމަފިރިއަކު އޭނާ އެޑޮޕްޓްކޮށް ތަރުބިއްޔަތު ކުރި ކަމަށް ބުނެފައިވެއެވެ. ބަލްދޭވް އިތުރަށް ބުނީ މީގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ކުރިން ދަރިންނަށް މީސް މީޑިއާގެ އެހީގައި އަހަރެމެންގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ވާހަކަ އެނގިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު