އިންޑިއާގެ މަހަރަޝްތްރާގެ ތޭން ސިޓީގައި އުމުރުން 60 އަހަރުގެ ފިރިހެނަކު ލިފްޓް ގޮޅީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ގެއްލިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ އިރުއްސުނު ފަހުން އޮތް ކައިވެނީގެ ހަފްލާއަކަށް ދިޔަ ފަހުންނެވެ.

އޭނާ ފެނިފައި ވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ.

ތާނޭ މުނިސިޕަލް ކޯޕަރޭޝަންގެ ރީޖަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެލްގެ ވެރިޔާ އަވިނާޝް ސަވަންތު ވިދާޅުވީ މި މީހާ ދިރިއުޅެމުން ދިޔައީ ޗަންދަންވާދީ ސަރަހައްދުގައި ހުންނަ ހަތް ބުރީގެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ބުދަ ދުވަހުގެ ރޭ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ދިޔަ ފަހުން އޭނާ ގެއްލިފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އޭނާގެ ގާތްތިމާގެ މީހަކު ވަނީ ނައުޕަޑާ ޕޮލިސް ސްޓޭޝަނަށް އޭނާ ގެއްލިގެން މައްސަލައެއް ހުށަހަޅާފައެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް އޭނާ ހޯދުމުގެ މަސައްކަތްކޮށްފައި ވެއެވެ.

އޭނާގެ ހަށިގަނޑު ރޭ ވަގުތެއްގައި ފެނުނުއިރު، އޭނާގެ ހަށިގަނޑު ލިފްޓް ގޮޅި ތެރެއަށް ވެއްޓުނީ ކިހިނެއް ކަން ސާފް ނުވާ ކަމަށް ވެއެވެ. އަދި އެ ހަށިގަނޑު ފެނުނުއިރު އޮތީ ޗިސްވެފައި ކަމަށްވެސް ވެއެވެ.

އެމީހާގެ ޕޯސްޓްމޯޓަމް ހަދާފައިވާއިރު، ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ އެކަން ތަހުގީގު ކުރަން ފަށައިިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމަ އެޅި ވަގު މިސްކިތް

    ޢިންޑިޔާ އައުޓް