ދުނިޔޭގެ އެންމެ ގިނަ މީހުން ގަދަރުކުރާ މީހުންގެ ލިސްޓުގައި ހިމެނުމަކީ ކޮންެމެ މީހަކުވެސް ދެކޭނެ ހުވަފެނެއްކަން ގައިމެވެ. އާންމު މީހަކަށްވުރެ މި ހުވަފެން ދެކޭ މިންވަރު މަޝްހޫރް ފަރާތެއްނަމަ އެތައް ގުނައެއް ބޮޑުވާނެއެވެ. މި ލިސްޓުން ޖާގަ ލިބެނީކީ ހަމައެކަނި ހޮލީވުޑްގެ ނުވަތަ މުއްސަނދި މީހުންނަކަށް ނޫނެވެ. މިފަހަރު މިވަނީ މި ލިސްޓުގައި ބޮލީވުޑް އެކްޓަރު އަމީތާބު ބައްޗަނާއި އެކްޓްރެސް ދިޕިކާ ޕަދުކޯނާއި ޕްރިޔަންކާ ޗޯޕްރާއާއި އައިޝްވާރިޔާ ރައި ވެސް ހިމެނިފައެވެ.

35 ޤައުމެއްގަިއ ސުވާލު ކަރުދާސްތަކެއް ބެހިގެން ލިބުނު މައުލޫމާތުގެ މައްޗަށާއި މަޝްހޫރް ބިލިއަނަރު ބިލް ގޭޓްސްއާއި އެންޖެލީނާ ޖޯލީގެ ލަފާގެ މަތިން ކަނޑައެޅިގެން ދިޔަ މި ލިސްޓުގައި އަންހެން އަދި ފިރިހެން ކޮންމެ ކެޓްގަރީއެއްގައި 20 ފަންނާނުން ހިމެނެއެވެ.

މީގެ ކުރިންވެސް އެކްޓަރު އަމީތާބު ބައްޗަން މި ލިސްޓަށް އަރައިފައިވާއިރު، ބާކީ ތިބި ތިން އެކްޓްރެސުންނަށް މި ފަދަ ޝަރަފުވެރިކަމެއް ލިބިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ފިރިހެން ކެޓަގަރީއިން އަމީތާބަށް ނުވަވަނަ ލިބިފައިވާއިރު، އަށްވަނަ ލިބިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށެވެ.

އަންހެން ކެޓަގަރީ އިން އެކްޓްރެސް ދިޕިކާއަށް ލިބިފައިވަނީ ނުވަވަނައެވެ. އަދި ދިހަވަނަ ޕްރިޔަންކާއަށް ލިބިފައިވާއިރު، އައިޝްވާރިޔާއަށް ލިބިފައިވަނީ 11 ވަނައެވެ.

"މި ލިސްޓުގެ އަންހެން ކެޓަގަރީގައި ބޮޑަށް ހިމެނޭނީ އެކްޓްރެސުންނާއި، ލަވަކިޔުންތެރިންނާއި ޓީވީ ޕްރެޒެންޓަރުން. ދެން ފިރިހެން ބައިގައި ސިޔާސީ ދާއިރާއާއި ވިޔަފާރި އަދި ކުޅިވަރު ދާއިރާގެ ބޭފުޅުން ގިނަ ވާނީ" މި ސާރވޭ ކުރިއަށް ގެންދިޔަ "ޔޫގޮވް" އިން އެމީހުންގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ކޮންމެއަކަސް، މިފަދަ ޝަރަފުވެރި ލިސްޓެއްގައި ބޮލީވުޑްގެ ހަތަރު ފަންނާނެއް ހިމެނުމަކީ މުޅި ބޮލީވުޑަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަޚުރެއްކަން ގައިމެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާމިނާފުޅު

    އައްޗި، އަމީތާބަށް ވެސް.

  2. ޖެނާ

    ކަލޯ ގަޔާ މޯދީ ގެރި އަށް

  3. Anonymous

    މޯދީ ތިޔަލިސްޓަށް އެރީމާ ލިސްޓުގެ ޞައްޙަކަން ގެއްލި ތިޔަ ކުރިދިރާސާވެސް ކުޅޭކުޅޭ ކަމަކަށްވީ.