ބޮލީވުޑްގެ ބަަތަލަ ދިޕިކާ ޕަދުކޯންއަކީ މިހާރު ދުނިޔޭގެ ގިނަ ބަޔަކު ދަންނާނެ މީހެކެވެ. އެތައް ބައެއްގެ ނަޒަރު ހުއްޓިފައިވާ ރީތި މީހެކެވެ. ފެޝަންގެ ދުނިޔޭގައި ފިޔަޖަހާ ތަރިއެކެވެ. އެހެންކަމުން އޭނާ އަޅާ ގޮތަށް ހެދުން އެޅުމާއި، އޭނާގެ ވަރަށް ގިނަ ކަންކަން ކޮޕީ ކުރާނެތާއެވެ.

އިންޑިއާ އާއި އެހެނިހެން ބޮޑެތި ގައުމުތަކުގައި އޮންނަ ހާއްސަ ފެޝަން ޝޯވތަކުގައި ދިޕިކާ އަކީ ވިދާލާ މީހެކެވެ.

އެންމެ ފަހުން ދީޕިކާ މީސް މީޑިޔާގައި ހިއްސާކުރި ބައެއް ފޮޓޯތަކަކީ އޭނާ ލަންޑަނަށް ކުރި ދަތުރެއްގައި ނެގި ފޮޓޯ ޝޫޓެއްގެ ފޮޓޯއެވެ. އެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ގިނަ ބަޔަކަށް ދިޕިކާ ލައިގެން ހުރި ޓީޝާޓާއި، ލައިގެން ހުރި ހަރުވާޅު ވަރަށް ކަމުދިޔަ ކަމަށް ވެއެވެ.

ދިޕިކާ ލައިގެން ހުރީ ހުދުކުލައިގެ ޓީޝާޓެކެވެ. އަދި އޭނާ ތިރިން ލައިގެން ހުރި ކަޅު ކުލައިގެ ފެޝަން ހަރުވާޅަކީ އަންހެނުންގެ އެއްޗެހި ވިއްކާ ޕޮރެންޒާ ޝައުލާގެ ބްރޭންޑްގެ ހަރުވާޅެއްކަމަށް ވެއެވެ.

https://www.instagram.com/p/Blkvt0JB6s-/?utm_source=ig_embed&utm_campaign=embed_loading_state_control

ޕޮރެންޒާ ޝައުލާގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ހަރުވާޅުގެ ތިން ކުލައެއް ލިބެން ހުންނާނެއެވެ. އެ ހަރުވާޅުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 3839 ޑޮލަރެވެ. އެއީ ބައިލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާއެވެ. އެހެން ނަމަވެސް ޑިސްކައުންޓް އަގެއްގެ ގޮތުގައި އޭގައި ޖަހާފައި ވަނީ 1344 ޑޮލަރެވެ.

އެހެންކަމުން މިއީ އެއްބަޔަކު ކިތަންމެ ވަރަކަށް ގަންނަން ބޭނުންވިޔަސް ނުގަނެވިދާނެ ވަރަށް އަގުބޮޑު ހަރުވާޅަކަށް ވަނީ ވެފައެވެ. އެހެން ނަމަވެސް މި ހަރުވާޅުގޮތަށް ކޮޕީކޮށްގެން ވިއްކާނެ އަދި ލާނެ ކިތަންމެ ބަޔަކު ހުންނާނެއެވެ. އެއީވެސް ހަމަކުރެވިދާނެ ކަމެއްތާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާގައި ރޭޕްކުރުން ގިނަކަމުން އެކަމުން ރައްކާތެރިވެވޭނެ ސެކިއުރިޓީ ވަރުގަދަ ހަރަވާޅެއް ލައިގތެން ނޫނީ ކިހިނެއް އެކޮއި އުޅޭނީ!!!!!!!!

  2. އައްދެ

    ޢަހަރެން ލާ ޖިިންސް ވެސް ތިއަށް ވުރެން މާ ރީތި ވާނެ

  3. ނިއުމާ

    އަހަރެން އޭގެ ހަރުވާޅު ލާނީ އަމިއްލައަށް ފަހައިގެން. އެކި ކުލަކުލައިން އެތައް ހަރުވާޅެއް ފަހާނަން. އެކަކަށް އެކަތިވެސް ނުދޭނަން.