ދުނިޔޭގެ ގިނަ ބައެއްގެ މަގްބޫލުަން ހޯދައިފައިވާ މީސްމީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމު ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ތަރިއަކީ ކައިލީ ޖެނާ ކަމަށް ބުނެފިއެވެ.

މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ޓީވީ ތަރި ކައިލީގެ އެކައުންޓުން އިންސްޓަގްރާމުގަައި ޕޯސްޓުކުރާ ކޮންމެ ސްޕޮންސާޑް ޕޯސްޓަކަށް އެއް މިލިއަން ޑޮލަރު އޭނާއަށް ލިބެއެވެ. ފާއިތުވި އަހަރު އެ ލިސްޓުގެ ހަތަރުވަނަ ކައިލީއަށް ލިބުނު ނަމަވެސް މިއަހަރު އެލިސްޓުގެ އެއްވަނައިގައި ކައިލީ ވަނީ ހިމެނިފައެވެ. އަދި ކައިލީ އެ ލިސްޓުގެ އެއްވަނައަށް އެރީ އޭނާގެ މޭކަޕް ލައިން އަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ކަމުން ކަމުގައި ބެލެވެއެވެ.

އިންސްޓަގްރާމް ތަރިންގެ ތެރެއިން ދެވަނައަށް އެންމެ އަގުބޮޑު ތަރިއަކީ މިދިޔަ އަހަރު މިދިޔަ އަހަރު އެންމެ އަގުބޮޑު ތަރީގެ ގޮތުގައި ހިމެނިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އެވެ. އެގޮތުން ސެލީނާގެ އެކައުންޓުން ކުރާ ސްޕޮންސާޑް ޕޯސްޓަކަށް 800،000 ޑޮލަރު ލިބެއެވެ.

މި ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ދާދި ފަހުން ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ގުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ އެކައުންޓުން ކުރާ ކޮންމެ ޕޯސްޓަކަށް އޭނާ އަށް 750،000 ޑޮލަރުގެ އާމްދަނީ އެއް ލިބެއެވެ.

ރޮނާލްޑޯއާއި ޖެހިގެން މި ލިސްޓުގައި ދެން ހިމެނެނީ ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަންއެވެ. ކިމްއަށް އިންސްޓަގްރާމުން ލިބޭ އާމްދަނީ އަކީ ކޮންމެ ސްޕޮންސާޑް ޕޯސްޓަކަށް 720،000 ޑޮލަރެވެ.