އިޓަލީގެ ސައިންސްވެރިންތަކެއްގެ ދިރާސާއަކުން ވަނީ އަޑު އަޑު އިވުމުގެ މައްސަލަތައް ކުރިމަތިވުމަކީ ހަދާން ބަލިވާން ފެށުމުގެ ނިޝާނެއްކަމަށް ދައްކުވައިދީފިއެވެ. މިގޮތުން އިޓަލީގެ ޔުނިވާރސިޓީ އޮފް ބާރީ އިން ކުރިއަށް ގެންދިޔަ މި ދިރާސާއިން ވަނީ އެވަރެޖްކޮށް އުމުރުން 75 އަހަރުގެ 1600 މީހުން ހިމަނައިގެން ކުރި މި ދިރާސާއިން އަޑު އިވުމުގެ މައްސަލަތަކާއި ހަދާން ބަލިވުމާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އެބަ އޮތްކަން ދައްކުވައިދީފައެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިންގެ ޓީމުން ވަނީ މިފަދަ މީހުންނަކީ ކަންފަތަށް އަޑުއިވުނު ނަމަވެސް އެ އިވޭ އެއްޗެއްގެ ވާނުވާ ދެނެގަންނަން އުނދަގޫވެފައިވާ ބައެއް ކަމަށް ހާމަކޮށްފައެވެ. މި ސައިންސްވެރިން ވަނީ މައިލްޑް ކޮގްނިޓިވް އިމްޕެއާރމެންޓްގެ ނަމުން ނަން ދެވިފައިވާ މި މައްސަލައިގެ ސަބަބުން ޑިމެންޝިޔާ އަދި އަލްޒެއިމާރސް ފަދަ ސިއްހީ އެހެން މައްސަލަތަކާއި ކުރިމަތިވުމުގެ ބޮޑު ފުރުސަތެއް އެބަ އޮތްކަމަށް ބުނެފައެވެ.

މީގެ އިތުރުންވެސް މި ސައިންސްވެރިން ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އަޑުއެހުމުގެ ޓެސްތުތަކެއް ދިނުމަށްފަހު އެމީހުންނަށް ޑިމެންޝިޔާ ފަދަ ސިއްހީ މައްސަލަތަކުގެ ނުރައްކާ ހުރި މިންވަރު ދެނެގަނެވިދާނޭކަމަށްވެސް ހާމަކޮށްފައެވެ. އަދި މިގޮތުން މިފަދަ އަޑުއިވުމުގެ މައްސަލަތަކާއި ކުރިމަތިވެފައިވާ މީހުންނަކީ ބައެއް ފަހަރު ޑިމެންޝިޔާ އެމީހަކަށް ކުރިމަތިވެފައިވާކަމަށްވެސް ހީވެދާނޭފަދަ މީހުންކަމަށް މި ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ދިރާސާގެ ސައިންސްވެރިން ބުނާގޮތުގައި އަޑު އިވުމުގެ މައްސަލަތައް ހުރުމަކީ ޑިމެންޝިޔާ ފަދަ މައްސަލަތަކަށް މަގުފަހިވަމުންދާކަމުގެ މިސާލެކެވެ. އަދި މިފަދަ މައްސަލަތަކަށް މިހާރުވެސް ދެވެން ހުރި ބައެއް ފަރުވާ އެބަ ހުރިކަމަށް މި ސައިންސްވެރިންގެ ޓީމުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު