އިންޑިޔާއަކީ ދުނިޔޭގެ އެންމެ ހޫނު ގަދަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މި ގަދަ ހޫނަށް ކެތްކޮށްގެން އެތައް މިލިއަން ބަޔަކު ދިރިއުޅެމުންދާއިރު މި ހޫނުގައި އެ ގައުމުގެ ރައްޔިތުން މާތްކޮށް ހިތާ އެތައް ހާސް ޖަނަވާރެއްވެސް ދިރިއުޅެއެވެ. މި ގައުމުގައި އާދަޔާޙިލާފް އެތައް ކަމެއް އޮންނަ އިރު މީގެ ތެރެއިން ބައެއް ބާވަތްތަކުގެ ޖަނަވާރުތަކަށް ހާއްސަކަމެއް ދެވިފައި އޮންނަ އޮތުމަކީ އެއް ކަމެވެ.

މިގޮތުން އިންޑިޔާގެ ބައެއް ދީންތަކުގައި އެތާއި ގެރި އަކީ ވަރަށްވެސް މާތް ޖަނަވާރުތަކެވެ. އެހެންނަމަވެސް ގަދަ ހޫނުން ސަލާމަތްކޮށް އަރާމުކަމެއް ގެނުވައިދިނުމަށްޓަކައި އެތްތަކަށް ހާއްސަ ސްޕާއެއް އިންޑިޔާގައި ހުންނަކަމަށް ބުނުމުން ކޮން ބޭފުޅަކަށްތޯ އެކަން ގަބޫލުކުރެވޭނީ؟

ގުރުވަޔުރް ނަމަކަށްކިޔާ ކެރެލާގެ ރަށެއްގައި އެތްތަކަށް ހާއްސަ ޕުންނައްތޫރު ކޮއްޓާ އެލިފެންޓް ޔާޑް އަކީ އެތްތަކަށް މަސާޖް ދީ ފެންވަރުވައި ސާފުތާހިރުކޮށް ހެދުމަށް ހާއްސަކުރެވިފައިވާ ތަނެކެވެ. މިތަނުގައި މަސައްކަތްކުރާ މީހުން އެތްތައް ސާފުކޮށް، ފަރުވާތެރިކަމާއިއެކު މަސާޖުކޮށްދީ ހަދާއިރު އެތްތަކަށް އަރާމުކޮށްދިނުމަށްޓަކައި މިތަނުގައި ނުކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ.

އެކި ކަހަލަ އަތަރު އަދި ތެޔޮ ބޭނުންކޮށްގެން އެތްތަކަށް މަސާޖުދެވޭއިރު އެތްތައް ފެންވަރުވައި އެތްތަކުގެ ހަށިގަނޑުން ނަޖިސް ފިލުވައިދީވެސް ހެދެއެވެ. އެއް ފަހަރާ 59 އެތް މި ތަނުގައި ބެލެހެއްޓެން އޮންނައިރު މި ތަކެއްޗަށް ކާންވެސް ދެވެނީ ހާއްސަ ކާ އެއްޗިއްސެވެ. މި އެތްތަކަށް ކާންދެވެނީ އެ އެއްޗިހީގެ ސިއްހަތަށް ފައިދާހުރި ތާޒާ ކާނާއެވެ.

މި އެތްތަކަކީ މަޝްހޫރު ގުރުވަރުޔައްޕަން ހިންދޫ ފައްޅީގައި ކުރިއަށްދާ ހަރަކާތްތަކުގައި ބޭނުންކުރެވޭ ވަރަށް މުހިންމު އެތްތަކެކެވެ. ވުމާއިއެކު މި އެތްތަކަށް ކަމޭހިތައި އަޅާލުމަކީ މި ސަރަހައްދުގެ މީހުންނަށްވެސް ވަރަށް މުހިންމުކަމަކަށް ވަނީ ވެގެންގޮސްފައެވެ. އިންޑިޔާގައި އެތްތަަކަށް ޚާއްސަ ސްޕާއެއް ހުރި ނަމަވެސް އިންޑިޔާގެ އާބާދީގެ ބޮޑު ބައެއްގައޮ ފާޚާނާ ކުރުމުގެ ނިޒާމެއް ނުހުންނަކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ތިހާ މާތްކޮން ހިތާ އެއްޗެއް ހައްޔަރުކުރުމަށް ތި ބޭނުންކުރަނީ ދަބަރުޖަހާފަ އޮތް ޗޭނުގަނޑެއް. އޭގެ ހަންގަނޑަށް ވަރަށް ގެންލުންވާނެ. އެސްއެސް ޗޭނުގަނޑެއް ނުލިބުނު ދޯ؟؟

    11