ހަނދުގައި ގެ އަޅަން ބޭނުންވާކަމަށާއި އެކަން ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންކަމަށް އިންޑިޔާގެ ޖައްވީ އިދާރާ، "އިންޑިޔަން ސްޕޭސް ރިސާޗް އޮގްނައިޒޭޝަން" އިން ހާމަކޮށްފިއެވެ.

އައިއެސްއާރްއޯ އާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާ އިން ބުނެފައިވާ ގޮތުގައި، އެޤައުމުން ހަނދުގައި އަޅަން ބޭނުންވަނީ ސްނޯގައި އަޅާ އިގްލޫ ޒާތުގެ ގެތަކެކެވެ.

މީގެއިތުރުންވެސް، އެފަރާތުން ބުނެފައިވާ ގޮތުގައި، އިންޑިޔާ އިން މިކަން ކުރަން ވިސްނާފައިވަނީ ހަނދަށް ރޮބޮޓާއި ތްރީ ޑީ ޕްރިންޓަރު ފޮނުވައިގެން، އެތަކެތީގެ އެހީގައި ހަނދުގައި ހުންނަ ވެއްޔާއި އެހެނިހެން މާއްދާތައް ބޭނުންކޮށްގެންނެވެ.

މި މަސައްކަތް ކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، ހަނދުގައި އަޅާނެ ގެތަކުގެ ފަސް ޑިޒައިނެއް، ސައިންސްވެރިން މިހާރު ކުރަހާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. ހަމައެހެންމެ، އައިއެސްއާރްއޯގެ ލޫނާ ޓެރައިން ފެސިލިޓީގައި މިފަދަ ގެއެއްގެ މޮޑެލްއެއް ހަދާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިފަދަ ގެތަކެއް، ހަނދުގައި ބިނާކުރުމުގެ ބޭނުމަކީ އެތަންތަނަކީ އިންޑިޔާއިން ހަނދާ ގުޅިގެން ކުރާ މަސައްކަތްތަކުގެ އައުޓްޕޯސްޓްތަކެއްގެ ގޮތުގައި ހެދުންކަމަށާއި މިފަދަ އައުޓްޕޯސްޓުތަކެއް، މިހާރުވެސް އެންޓާޓިކާގައި ހަދާ ބޭނުންކުރަމުންދާކަމަށް ބުނެފައިވެއެވެ.

ހަނދުގައި ގެ އެޅުމާއި މި ޒާތުގެ އެހެން މަޝްރޫޢުތައް، އެމެރިކާގެ ނާސާ އިންވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކަލޭމެން ގައުމުގައި ކުޑަކުދިން ރޭޕްކުރުން ހުއްޓުވާބަލަ.

  2. ހަނދުގައި ގެ އެޅުމަށްވުރެ އަމިއްލަ ޤައުމުގައި ދިރިއުޅޭނެ ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި ދިރިއުޅޭމީހުންނަށް ގެއަޅާދިނުން މުހިންމެވެ.

  3. ރަށް ފުރުނީތަ؟

  4. އެއީ އެތަނުގައި ކުޑަކުދިންނާއި އަންހެނުން ރޭޕްކުރަން އުތަ... ނުނީ އެތަނުގައި ގެރި އާއިލާގެ ރަސްކަމެއް ޤާއިމް ކުރަން އުތަ...

  5. ހަނދުގައި ގެ އަޅަން ނޫޅެ ފަގީރުންނަށް ގެދޮރު އަޅައިދީ ރޭޕް ކުރުން ހުއްޓުވަން އުޅެބަލަ އިންޑިއާ.

  6. ހަނދުގައި ގެ އެޅުމަށްވުރެ މާތާހިރުވާނެ ކޮންމެ އާއިލާއަކަށް ފާހާނާއެއް ހަދައިދިނިއްޔާ. މޮޔަ ކަންޓްރީ!

  7. ޙަނދުގައި ގެއެޅުމުގެކުރިން ތިޤައުމުގަތިބި ފަޤީރުންގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމައް އިންޑިޔާ އައް ގޮވާލަން!!

  8. ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ފާޚާނާކުރުމުގެ ވަސީލަތް ގާއިމުކޮށް ނުދެވި އުޅޭ ބަޔަކު ތިކަހަލަ ތެޔޮގުޅާ ސާދާ ކުރީމަ ހަމަ ހިނި އަންނަނީ..!

  9. ގެއެއނޫނ އަނގައަޅާބަލަ

  10. މޯދީ ގެ ބޮލުގަ ގެ އަޅާބަލަ!

  11. ހުރިހައި ގެރިތަކެއް އިންޑިޔާގައި ބައިތިއްބާފަ އިންޑިޔާ އެންމެން ހަނދަށް ބަދަލުވަނީ.

  12. ޝޭޚު ކުދިން ކީކޭ މިކަމާ މެދު ބުނަނީ؟ ހަނދަށް ނުދެވޭނެކަމަށް ދައުވާ ކުރާ ބަގަ؟

  13. ތެދެއް.. ބޭނުންވަނީ އެތާ ގެރި ގެންގުޅެން..

  14. ރާއްޖެ ދޫކޮށްލާފަ ހަނދަށް ބަދަލުވަނީތޯ؟؟؟ ސޮނިބެއަށްވެސް ގެއެއް އަޅާލަދެއްޗޭ ތިތަނުގަ!!!

  15. ހެޔޮނުވާނެ ތިކަން ކުރޭ. ހަހަހަހަހަހަ

  16. ފުޅިމަދު ފާޙާނާ

    ފާޙާނަ ހަދާ ދީބަލަ....ހެޔޮ ނުވާނެ....