އިނގިރޭސިވިލާތުގެ ފަސް އަހަރުގެ ކުއްޖަކު ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަތާ ދިހަ މިނެޓް ވިއިރުވެސް އޭނާ އަށް ފަރުވާ ދޭން ޑޮކްޓަރު މަސައްކަތް ނުކޮށް އޮއްވާ އެންމެ ފަހުން އެކުއްޖާ މަރުވެއްޖެއެވެ.

އެލީ މޭ ކްލާކް ކިޔާ ފަސް އަހަރުގެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ލާން އުނދަގޫ ވެގެންނެވެ. އެލީގެ މަރުގެ ޒިންމާ ޑޮކްޓަރު އުފަލަން ޖެހޭނެ ކަމަށް ބުނެ އޭނާގެ މަންމަ ވަނީ މިހާރު ކޯޓުގައި ދައުވާ ކޮށްފައެވެ.

އެލީގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާފައިވާ ގޮތުގައި އެލީ މަރުވީ ހިތުގެ މައްސަލައެއް ޖެހިގެންނެވެ. އެހެންކަމުން ޑޮކްޓަރުން އަވަހަށް އޭނާ އަށް ފަރުވާ ދިން ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެލީެ މައިންބަފައިން ބުނެއެވެ.

އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ އިހްމާލުން މީހުން މަރުވުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ ސިއްހީ ނިޒާމު މިހާރު އޮތީ ބޮއްސުން ލާފައެވެ.

އިނގިރޭސިވިލާތުގެ ސިއްހީ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ ދައުލަތުން ސިއްހީ ކަންކަމަށް ކުރާ ހޭދަކުޑަކޮށް، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތްތައް މޮނީޓާ ކުރެވޭނެ އެކަށީގެންވާ ނިޒާމަކަށް އަމަލު ނުކުރާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚަނބުލޮ

    އަދިވެސް އެހެންމީހުންގެ ކަންކަމާ ދުވާތި! އަމިއްލަ ގައުމު ހަމައަކަށް އަޅުވާ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދީފަ އެހެން މީހުންގެފަހަތުން ދުވެބަލަ!

  2. އަހުމަދު

    ކޮބާ އަންނި

  3. ފަޒީލް

    ކޮބާ އަދުރޭ