މަތިންދާ ބޯޓުތަކުގައި ދަތުރު ކުރާއިރު ވަކި ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގައެވެ. އަދި ބައެއް ބޯޓުތަކުގައި ބައެއް ކަހަލަ ތަކެތި ބޭނުން ނުކުރުމަށްވެސް އަންގައެވެ. އެގޮތަށް އަންގާ އެންގުންތަކަށް ސަމާލުވި ނަމަވެސް ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

އެގޮތުން ވަރަށް ފަހުން ޗައިނާ އެއާލައިނަކުން ދަތުރު ކުރަމުންދިޔަ މީހެއްގެ ދަބަހުގެ ތެރޭގައި އޮތް ޕަވާބޭންކެއް ވަނީ ގޮވާފައެވެ. ކެބިންގައި ބައްވާފައި އޮތް ދަބަހެއްގެ ތެރޭގައި އޮތް އެ ޕަވާބޭންކް ގޮވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ޕަވާބޭންކް ގޮވުމުން އެ ދަބަހުގައި ރޯވި އަލިފާންގަޑު ނިއްވާލާފައި ވަނީ ފެނާއި ޖޫސް ބޭނުންކޮށްގެންނެވެ.

ގުއަންގޒައު އިން ޝަންހާއިއަށް ދަތުރު ކުރަމުންދިޔަ އެ ފްލައިޓްގައި މި ހާދިސާ ހިނގިިއިރު، އެ މަތިންދާ ބޯޓުގައި ތިބި ފަސެންޖަރުންނަށް އެކަމަށް ސަމާލުވުމަށް އެންގިއެވެ. އަދި ފްލައިޓް އެޓެންޑާއި، ފަސެންރަޖަރަކުވެގެން ވަނީ އެ އަލިފާންގަނޑު ނިއްވާލާފައެވެ.

މީގެ ކުރިން މަތިންދާ ބޯޓުތަކަށް ނޯޓް 7 އެރުވުންވެސް މަނާކުރިއެވެ. އެއީ އެ ފޯންތަކުގެ ބެޓަރީތައް ގޮވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންޖެ

    މިހާރު ތިޔަ ޕަވަރބޭންކުތައް ވަކި ޖަމާއަތަކުން ސެޓިފައި ކުރަން އެބަޖެހޭ