ސްރީ ދޭވީގެ މަރާއެކު މުޅި ބޮލީވުޑް ފުން ހިތާމައެއްގައި ވާއިރު ސްރީ ދޭވީގެ އާއިލާ ދަނީ ބުނަންވެސް ނޭނގޭ ފުން ހިތާމައެއް ތަހައްމަލު ކުރަމުންނެވެ.

ރިޕޯޓްތަށް ބުނާގޮތުން ސްރީ ދޭވީ މަރުވީ އޭނާގެ ފިރިމީހާ އޭނާއަށް ސަޕްރައިޒްކޮށް ރޭގަނޑުގެ ނާސްތާއެއް ދިނުމަށްޓަކައި މުމްބާއީން ފުރައިގެން ދުބާއީއަށް ގޮސް އޭނާ ހުންނަ ހޮޓެލްކަމުގައިވާ ޖުމައިރައް އެމިރޭޓްސް ޓަވާ ހޮޓެލްގައި ހުއްޓައެވެ. މި ރޭގަނޑުގެ ނާސްތާއަކީ އަބަދުވެސް އެދެމެފިރިން ދެކެމުން އަންނަ ހުވަފެނެކެވެ.

ސްރީ ދޭވީގެ ފިރިމީހާ ސްރީ ދޭވީ ހުންނަ ހޮޓެލްއަށް ގޮސްފައިވަނީ ހަވީރު 5:30 ހާއިރުއެވެ. އޭނާ ގޮސް ސްރީ ދޭވީ ނިދާފައި އޮތުމުން ހޭލައްވާލުމަށްފަހު ދެމީހުން 15 ވަރަކަށް މިނެޓް ވަންދެއް އެކިއެކި ކަންތަކާއި މެދު ވާހަކަދައްކަން ތިބުމަށްފަހު ބޮނޭ ކަޕޫރު ވަނީ ސްރީ ދެވީ އަށް ރޭގަނޑުގެ ނާސްތާއަށް ދައުވަތު ދީފައެވެ. ސްރީ ދޭވީ ފާހަނާއަށް ވަނީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުމުގެ ފޮނި އުންމީދުގައެވެ.

ސްރީ ދޭވީ ފާހަނާގައި ގިނައިރުވެގެން ބޮނޭ ކަޕޫރު އޭނާއަށް ގޮވިއެވެ. ނަމަވެސް އަޑެއް ނީވެގެން ގޮސް ފާހަނާ ދޮރުގައި ޓަކި ދޭން ފެށިއެވެ، އެހާވަރުންވެސް ސްރީ ދޭވީ ޖަވާބު ނުދިނުމުން ކަމެއް ގޯސްވެއްޖެ ކަމަށް ހީކޮށް ދޮރުގައި ބާރައްޖަހައި ތަޅު ހަލާކުކޮށްލައިގެން ވަނީއެވެ. ވަތްއިރު ފެނުނީ ސްރީ ދޭވީ ފާހަނާ ޓަބް ތެރެއަށް ގެނބިފައި އޮތް މަންޒަރެއެވެ.

އެހިސާބުން ބޮނޭ ކަޕޫރު މަސައްކަތް ކުރީ އޭނާ ނަގައިގެން ނޭވާލާތޯއެވެ. ނަމަވެސް ނޭވާ ނުލައިގެން އޭނާ ރައްޓެހިންނަށާއި އާއިލާއަށް އަވަހަށް ގޮވީއެވެ. އަދި އޭގެ ފަހުން ވަނީ ފުލުހުންނަށް ގުޅައި އެކަން އަންގާފައެވެ. ނަމަވެސް ފުލުހުންނާއި އަވަސްފަރުވާދޭ މީހުން އައި އިރުވެސް ސްރީ ދޭވީ އޮތީ މަރުވެފައެވެ.

ސްރީ ދޭވީގެ މަރުގެ ތަހްގީގްތަށް މިހާރު ދުބާއީ ފުލުހުންދަނީ ކުރަމުންނެވެ. ސްރީ ދޭވީގެ ހަށިގަނޑު ވެސް އަދިވެސް އޮތީ ފުލުހުންނާއި ޑޮކްޓަރުންގެ ބެލުމަށެވެ. މީގެ އިތުރުން ފުލުހުންދަނީ ސްރީ ދޭވީ އާއި ގުޅުންހުރި މީހުންގެ ބަޔާންތަށްވެސް ނަގަމުންނެވެ.

މިހާތަނަށް ފުލުހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ސްރީ ދޭވީ މަރުވެފައިވަނީ ބާތުޓަބްގައި އޮއްވައި ހޭނެތިގެން ފެންގަނޑު ތެރެއަށް އަޑިޔަށްގޮސް ގެނބިގެންނެވެ. މި ތަހްގީގްތަށް ނިމި މިއަދުގެ ވަގުތެއްގައި ސްރި ދޭވީގެ ހަށިގަނޑު އިންޑިޔާއަށް ގެންދާނެކަމަށް ރިޕޯޓްތަށް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢާދަންބެއްޔާ

    . ދެން އޮތީ ކުޅުނު ފިލްމްތަކުގެ ހިސާބު ބެއްލެވުން މީނާ ދުނިޔެމަތީގަ އުޅުނީ ކުޅިވަރާމަޖަލުގަ ކަންޔަގީން

    • މަ މިއު މަ

      އަސްލައް ވެސް ޔަގީން ތަ؟ ލޮލް ހިސާބު ބެލުން ހިސާބު ބަލާ ފަރާރަށް ދޫކޮށްލާ

  2. މަ

    ބޮނޭ ތަ ހަމަ؟

  3. ތުނިޔަ

    އޭނަ ފިރިމީހާގެ އަތެއް ތިކަމުގަ ނެތްބާ؟

  4. އަސްލެއްބާ

    ދޮރުވައްޓާނުލާ ޕޮލިސް ގެނެވުނުނަމަ ،،،،،، ތަހުގީގު ފުރިހަކޮށްލަން ފަސޭހަވާނެ ދޯ ،، މިހެނވެސް ހަމަ ބުނެލީ އިނގޭތޯ............

  5. 3

    ހުންނާނީ ރާބޮވިފަ މިހާރު