މަޝްހޫރު ބޮލީވުޑް އެކްޓްރެސް އަދި އިންޓަނޭޝަނަލް ތަރި ޕްރިޔަންކާ ޗޯޕްރާއާއި އެކްޓްރެސް ކަންގާނާ ރައުނަޓަކީ ފެޝަންގެ ދާއިރާގައިވެސް އެއްކޮށް މަސައްކަތް ކުރާ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ދެމީހުންގެ އޮންނަ ގާތް ގުޅުމުގެ ސަބަބުން އެކަކު އަނެކެއްގެ ކާމިޔާބީތައް އަމިއްލައަށް ޕާޓީ ބާއްވައިގެންވެސް ފާހަގަކުރާ މި ދެ ފަންނާނުން ގިނައިން ފެންނަނީވެސް އެއްކޮށެވެ. ނަމަވެސް، ދާދިފަހުން ޕްރިޔަންކާ އޭނާގެ ލޯބިވެރިޔާ ނިކް ޖޯންސްއާއި އެންގޭޖެވި ޚަބަރާއިއެކު މީޑިއާގެ އަމާޒަކަށް ކަންގާނާ ވުމުން، އޭނާ ބުނެފައިވަނީ ޕްރިޔަންކާ އާއި ނިކް އެންގޭޖެވުމުން އޭނާ ވަރަށް ދެރަވެ ހިތްހަމަ ނުޖެހުނު ކަމަށެވެ.

"އަހަރެން ދެރަވީ އަހަރެންނަށް ދައުވަތު ވެސް ނުދިނީމަ އެހާ އުފާވެރި ބޮޑު ކަމެއް ނިމިގެންދާއިރު" ކަންގާނާ ބުނެފައިވެއެވެ.

ޕްރިޔަންކާއާއި ނިކް އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ މެޓް ގާލާ ކާޕެޓުންނެވެ. އަދި ނިކް ވަނީ ވަރަށް ފަހުން ޕްރިޔަންކާއާއިއެކު އިންޑިއާއަށް ވެސް ގޮސް، ޕްރިޔަންކާގެ އާއިލާއާއި އެކުވެރިންނާ ބައްދަލުކޮށްފައެވެ.

ފާއިތުވެ ދިޔަ ހަފްތާ ތެރޭގައި ޕްރިޔަންކާ ވަނީ އޭނާ ޝޫޓް ކުރަމުން އައި ފިލްމު "ބާރަތު" ކުޅުން ހުއްޓާލާފައެވެ. މި ފިލްމު އިތުރަށް ނުކުޅެން ޕްރިޔަންކާ ނިންމައިފައިވަނީ އަމިއްލަ ސަބަބަކާއި ހެދި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ޕްރިޔަންކާގެ މި ނިންމުމުގެ ފަހަތުގައި ވަނީ އޭނާއާއި އޭނާގެ ލޯބިވެރިޔާ ނިކް ޖޯންސްގެ ކައިވެނި ކަމަށްވެސް ފަހުގެ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ޕްރިޔަންކާ އާއި ނިކް އެންގޭޖް ވެފައިވަނީ ޕްރިޔަންކާގެ 36 އަހަރު ފުރުނު އުފަންދުވަހުގެ އެއް ހަފްތާ ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުންގުނާ

    ހިތާވާމީހަކުތާ ދެރަވާނީ ،، މަށެއްދެރައެއްނުވޭ އެއްފަހަރާ 100މީހުނާ އިނަސްވަށިހަމަ ،، ރީއްޗެއްނޫން އެހާ ތުންފަތްބޮޑު އަންހެނުންނެއް