ބޮލީވުޑްގެ ގިނަ އެކްޓަރުންނަށް ވުރެ އާންމުންގެ މެދުގައި ބޮޑު މަޤްބޫލު ކަމެއް ހޯދައިފައިވާ އެކަކަށް ވާނީ ހަމަ ގައިމުވެސް އެކްޓަރު ސައިފް އަލީ ޚާންއާއި އެކްޓްރެސް ކަރީނާ ކަޕޫރްގެ ދަރިފުޅު ތައުމޫރް އަލީ ޚާންކަން ގައިމެވެ. އުފަންވުމުގެ މާ ކުރިއްސުރެވެސް ތައިމޫރްގެ ޚަބަރުތައް ގެނެސްދިނުމަށް މީޑިއާތައް މަސައްކަތް ކުރަމުންދާއިރު، ކޮންމެ ފަހަރަކު ތައިމޫރް ފޮޓޯ ތަކުގައި ހުންނަނީކީ ހެވިފައެއް ނޫނެވެ. ނަމަވެސް ދާދިފަހުން މި ވަނީ ތައިމޫރްގެ ހެއްވާ މަޖާ ވީޑިއޯއަކާއި އުފާވެރި ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ. އަދި އެއާއެކު ގިނަ ބަޔައެއްގެ ސަމާލުކަން އަނެއްކާވެސް ތައިމޫރް ހޯދީއެވެ.

ތައިމޫރް ބެލެހެއްޓުމަށް ހަވާލުވެފައިވާ އަންހެން މީހާއާއިއެކު ކާރުން ފައިބަނިކޮށް ނަގައިފައިވާ މި ވީޑިއޯއިން ފެންނަނީ ތައިމޫރްގެ ނަން ގޮވާލުމުން ހެވިފައި ބަލާލާ މަންޒަރެވެ.

https://www.instagram.com/p/BlvJRYmBiVs/?utm_source=ig_embed&utm_campaign=embed_loading_state_control

 

ހުދުކުލައިގެ ޓީޝާޓަކާއި ނޫ ތިރިއެއްގައި އިން ތައިމޫރްގެ މި އުފާވެރި ފޮޓޯތަކާއި މަޖާ ވީޑިއޯ ފެނި ރުޅި އައިސް ހުންނަ މީހާވެސް ރުޅި މަޑުވާހާ ވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި މި ފޮޓޯތަކުގެ ސަބަބުން އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ކަމަށްވެސް ރިޕޯޓްތަކުގައި ވެއެވެ.

މީގެ ކުރިން މީޑިއާ ތަކުގެ ގިނަ ފޮޓޯތަކެއްގެ "ހައިރާން" ކަމެއް ލިބިފައިވާ ބެލުމެއްގައި އިންނަ ތައިމޫރްގެ މި ފޮޓޯތައް މިހާރު ވަނީ ވައިރަލް ވެފައެވެ.

ދާދިފަހުންވެސް ތައިމޫރްވަނީ ޗުއްޓީ ހޭދަކޮށްލުމަށް ސައިފްއާއި ކަރީނާއާއިއެކު ލަންޑަނުގައި ދުވަސްތައް ހޭދަކުރުމަށްފަހު އެނބުރި އައި ތަނުން މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.