ރިޓަޔަރމަންޓް އުމުރު މަތިކުރުމަށް ރަޝިއާގެ ސަރުކާރުން ނިންމުމާ ގުޅިގެން ރަޝިޔާ ސަރުކާރާއި ދެކޮޅަށް ރަޝިއާގެ އެތައް ސިޓީތަކެއްގައި ބޮޑު މުޒާހަރާއެއް ކޮށްފިއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި މި ބޮޑު މުޒާހަރާ ކުރިޔަށް ގެންދިޔައި ހޮނިހިރު ދުވަހު އެެވެ. އެ އެއްވުމުގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ރަޝިޔާގައިބޭއްވި އެމުޒާހަރާއަކީ ރަޝިއާގެ ކޮމިއުނިސްޓް ޕާޓީން ބޭއްވި މުޒާހަރާތަކުގެ ތެރެއިންް ބޭއްވި ބޮޑުއެއްވުމެކެވެ. މޮސްކޯގެ އިތުރުން ރަޝިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބަރގްއާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި އެއްވުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

ރަޝިޔާ ސަރުކާރުން ގެންނަންނިންމި ބަދަލުގައި ވާގޮތުން ފިރެހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 60 އަހަރުގެ ބަދަލުގައި 65 އަހަރު ކަމުގައި ހަމަޖައްސައި އަންހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 55 އަހަރުގެ ބަދަލުގައި 63 އަހަރުވުމުން ކަމަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

މުޒާހަރާކުރި ފަރާތްތަކުންވަނީ " އަހަރެެމެން ބޭނުމީ ޕެންޝަނާއިއެކު ދިރިއުޅެން، މަސައްކަތުގަ މަރުވެދާކަށް ނޫން" ކަމަށްބުނެ މުޒާހަރާތަކުގައި އަޑު އުފުލާފައެވެ.

ކޮމިއުނިސްޓް ޕާޓީގެ ލީޑަރ ގެނަޑީ ޒިޔުގަނޯވް އެކަމާ ގުޅޭގޮތުން ވިދާޅުވިގޮތުގައި ރަޝިޔާ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ "ކޮންމެ ރައްޔިތަކަށް ލިބޭ ދެރައެއް" ކަމަށެވެ. އަދި ކުރިޔަށް ގެންދިޔަ އެއްވުމުގެ ބޭނުމަކީ އެ އިސްލާހަކީ ރަނގަޅު އިސްލާހެއް ނޫންކަން ބުނެދިނުން، އެއަށް ރައްޔިތުންގެ ތާއީދު ނެތްކަން، އެހެނިހެން ގޮތްތައް އިޚްތިޔާރުކުރެވިދާނެކަން ބުނެދިނުމަށް ބާރުއެޅުންކަމަށް ޒިޔުގަނޯވް މައުލޫމާތު ދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި ރަޝިއާގައި އެވްރެޖްކޮށް ފިރެހެނުން ދުނިޔޭގައި ތިބޭ އުމުރަކީ 66 އަހަރު އެވެ. އަދި އަންހެނުން އެވްރެޖްކޮށް ދުނިޔޭގައި ތިބެނީ 77 އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަަބޯ

    ރަޝިޔާވެސް ނަމޫނާ އަކަށް އެބަލަނީ ދިވެހިރާއްޖެ. ދިވެހިރާއްޖޭގައިވެސް ރިޓަޔަރމެންޓް ޢުމުރަކީ 65 އަހަރު.