މީސް މީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ ސްނެޕްޗެޓް ބޭނުން ކުރަމުން އަންނަ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެންނާ ސްނެޕް ބޭނުން ކުރުން ހުއްޓާލުމަށް ފަހު އަނެއްކާ ވެސް ސްނެޕް ބޭނުން ކުރަން ފަށައިފިއެވެ.

ކައިލީ އެނބުރި ސްނެޕް އަށް އައިސްފައި ވަނީ ދަރިފުޅު ސްޓޯމީގެ ވީޑިއޯއަކާއި އެކުއެވެ. މިދިޔަ އާދީއްތަ ދުވަހު ކައިލީ އޭނަގެ ސްނެޕް ގައި ޝެއާ ކުރި ވީޑިއޯއިން ފެންނަނީ ސްޓޯމީގެ އަތާއި ދެފައެވެ.

މިދިޔަ ހަފްތާގައި ކައިލީ ސްނެޕް ކުރުމާއި ދުރަށް ގޮސްފައިވާކަން ހާމަ ކުރީ އޭނާ ކުރި ޓުވީޓަކުންނެވެ. އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރު އެއްވެސް މީހަކު ސްނެޕް ބޭނުން ކޮށް ނޫޅެނީތޯ ސުވާލުކޮށްފައެވެެ. އަދި މިއީ ވަރަށް ދެރަކަމެއް ކަމަށް ބުނަމުން އޭނާ ބުނީ އަދިވެސް ސްންޕްދެކެ ލޯބިވާ ކަމަށެވެ.

ކައިލީ ކުރި މި ޓްވީޓްގެ ސަބަބުންް ސްނެޕްޗެޓަށް ސްޓޮކް މާކެޓުގައި 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

ކައިލީ ސްނެޕް ބޭނުން ކުރުން މަދުކޮށްފައި ވަނީ ސްނެޕްއަށް އެންމެފަހުން ގެނައި އަޕްޑޭޓްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނާއިރު ސްނެޕްޗެޓުން މިދިޔަ ނޮވެމްބަރ މަހު ގެނައި އަޕްޑޭޓެއްގެ ސަބަބުން އެޕް ބޭނުންކުރާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް ކުރިން ސްނެޕްޗެޓް އޮތް ގޮތަށް އަނބުރާ ޑިޒައިން ބަދަލުކުރުމަށް ގޮވާލައިފައެވެ.

އެތައް ބަޔަކު ސްނެޕްޗެޓުގެ މި ޑިޒައިންއާއި ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރިނަމަވެސް ސްނެޕްޗެޓުގެ އިސް ވެރިޔާ އިވަން ސްޕީގެލް ވަނީ ސްނެޕްޗެޓު ބޭނުންކުރާ ފަރާތްތަކަށް އަދި މި އާ ޑިޒައިންއަށް ހޭނުމަށް ވަގުތު ބޭނުންވާކަމަށާއި މި ޑިޒައިން އަލުން ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށް ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    އާ ޕޮޕޮޕޯ. ކަނބުލޮ އުނބައްޖެހީދޯ!! ކަނބުލޮ ވަށަފަރުތަ؟؟ ދެން ޖަހާ ބެކައް

  2. ދެން

    ދެން ކިހިނެއް ހަދަންވީ...