ބޮޑު އޮޕަރޭޝަނަށް ތައްޔާރުވަމުންދިޔަ އަންހެނަކު އެއްކުރި ހުރިހާ ފައިސާއެއް ގެއްލިގެން އުޅެނިކޮށް އެ ފައިސާތައް އަމާނާތްތެރިކަމާއެކު ހަދިޔާކޮށްދިން ޑްރައިވަރަަކަށް ތައުރީފް އޮހެން ފަށައިފިއެވެ.

އިންޑިއާގެ ރަޖަސްތާނަށް ނިސްބްތްވާ ޕްރެމްލަތާ، 61އ، އައި އޭނާގެ ފިރިމީހާ އިންޑިއާގެ ޓަލްޖެޓްއަށް ދިޔައީ އޭނާގެ ހިތުގެ އޮޕަރޭޝަން ކުރުމަށެވެ. އެތަނުން އޭނާ އޮޓޯއެއްގައި ދާން ބޭނުންވާ ހޮޓަލަށް ދިޔައިރު، އެއްވެސް ވަރަކަށް އަތުގައި އޮތް ފައިސާ ދަބަހާއި މެދު ހަނދާނެއް ނެތެވެ. އެ ފައިސާ ދަބަސް އޮޓޯ ތެރޭގައި ބެހެއްޓުމަށްފަހު އޭނާ ދިޔައީއެވެ.

އެ ފައިސާ ދަބަހުގައި 4 ލައްކަ ރުޕީސް ހުއްޓެވެ. އެ ފައިސާތައް ބަހައްޓާފައި ހޮޓަލަށް ދެވުނުކަން ހަނދާންވީ މާ ފަހުންނެވެ.

"އެ ފައިސާތައް ގެއްލުމުން އަހަރެންގެ ހިތްހުއްޓުނު ކަހަލަ. އަހަރެމެން އެ މުޅި ހިސާބުގަނޑު ބެލިން އެ ޑްރައިވަރު ފެނޭތޯ.އެންމެ ފަހުން އަހަރުމެން ދިޔައީ ފުލުހަށް". ޕްރެމްލަތާ ބުންޏެވެ.

ނާއީ ނަމަކަށް ކިޔާ އެ ޑްރައިވަރަށް ފައިސާތައް ހުރި ދަބަސް ފެނިފައި ވަނީ އޭނާ އޮޓޯ ސާފް ކުރަން އުޅުމުގެ ތެރޭގައެވެ.

"އަހަރެންގެ ހިތްވެސް ހަމަހީވީ ހުއްޓިދާނެ ހެން. އަހަރެންވެސް އެހާ ގިނަ އަަދަދެއްގެ ފައިސާތަކެއް އެއްފަހަރާ ނުދެކެން. އަހަންނަށް އެނގުން އެއީ އެ އޮޓޯއަށް އެރި އުމުރުން ދުވަސްވީ ދެ މީހުންގެ ފައިސާތަކެއްްކަން. އަހަރެން އަހަރެންގެ ދަރިފުޅާއި އަދި ޅީ ދަރިފުޅު ގޮވައިގެން ވަގުތުން ދިޔައީ ޕޮލިސް ސްޓޭޝަނަށް" ނާއީ ބުންޏެވެ.

އޭނާ ބުނިގޮތުގައި، އޭނާ އެ ޕޮލިސް ސްޓޭޝަނަށް ދިޔައިރު އުމުރުން ދުވަސްވީ އެ ދެ މީހުން ޕޮލިސް ސްޓޭޝަން ތެރޭގައި ތިއްބެެވެ. އޭނާ ވަނީ ވަގުތުން އެ ފައިސާތައް އޭގެ ވެރި ފަރާތާއި ހަވާލުކޮށްފައެވެ.

އަދި މިހާރު ޕްރެމްލަތާގެ އޮޕަރޭޝަންކޮށްފިއެވެ. އަދި އޭނާގެ އޮަޕަރޭޝަން ވަރަށް ކާމިޔާބުކަމަށް ވެއެވެ.

ނައީ އޮޓޯ ޑްރައިވަރުެއްގެ ގޮތުގައި މަސައްކަތް ކުރާތާ 25 އަހަރުވެއްޖެއެވެ. އޭނާއަކީ އެންމެންނަށް ހުރި ނަމޫނާއެވެ. ތެދުވެރިއެކެެވެ. މީހުންނަށް އޯގާތެރި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު