ޤުދުރަތީ ކާރިސާތަކުން އެތައް ސިޓީ އަކާއި އެތައް ޤައުމެއް މިހާރު ސުންނާފަތި ވެއްޖެއެވެ. ކިތަންމެ ތަރައްޤީ ކޮށްފައިވާ ސިޓީއެއް ނުވަތަ ޤައުމެއް ވިޔަސް ޤުދުރަތީ ކާރިސާއެއް ދިމާވެ، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސުންނާފަތި ވެފައިވާ ޤައުމުތައް ގިނައެވެ.

މިގޮތުން ފިލިޕީންސްއަކީ ޤުދުރަތީ ގުދުރަތީ އެތައް ކާރިސާއެއް ދިމާވާ ޤައުމެކެވެ. ބިންހެލުމާއި ފެންބޮޑުވުމާއި ރާޅު އެރުމާއި އަލިފާން ފަރުބަދަ ގޮވުމުގެ އެތައް ކާރިސާއެއް އަހަރެއްގެ ތެރޭގައި ޕިލިޕީންސްގައި ހިނގާދެއެވެ.

މިހެންވެ، ޕިލިޕީންސްގެ ސަރުކާރުންވަނީ އެޤައުމުގެ ވެރިރަށް ކަމުގައިވާ މަނިލާއަށް ޤުދުރަތީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި "ބެކްއަޕް" އެއްގެ ގޮތުން އަވަށެއް ތަރައްޤީ ކުރަން ފަށާފައެވެ. މިއަވަށް ނުވަތަ ސިޓީ ފަރުވާ ކުރުމުގެ ބޭނުމަކީ އެޤައުމުގެ ވެރިރަށް ސުންނާފަތި ވެއްޖެ ހާލަތެއްގައިވެސް ސަރުކާރުގެ އޮފީސްތައް ހިނގޭނެ މާހައުލެއް ޤާއިމްކޮށްދިނުމެވެ.

9,450 ހެކްޓަރ ހުންނަ މިސިޓީ ތަރައްޤީކޮށް ނިމޭއިރު، 1.2 މިލިޔަން މީހުންގެ އާބާދީއަކަށް މިސިޓީގައި ވަޒަންވެރިވެވޭނެއެވެ. މިސިޓީއަށް ދީފައިވާ ނަމަކީ ނިއު ކްލާކް ސިޓީއެވެ.

ދިމާވެދާނެ ޤުދުރަތީ ކާރިސާއިން ސަލާމަތްވެވޭނެ ގޮތަށް ވަރުގަދަޔަށް ހަދާމުން ދާ މިސިޓީއަކީ ތިމާވެއްޓާއި ރައްޓެހި ސިޓީއަކަށް ހައްދަވާނެ ކަމަށް ޕިލިޕީންސްގެ ސަރުކާރުން ވިދާޅުވެއެވެ. ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރާގޮތަށް ގޭގެ ފަރުމާކުރަމުން ދާއިރު، މިއަވަށައް ކަރަންޓް ނަގާނީ އިރުގެ ހަކަތައިންނެވެ.

2022 ގައި މި ޕްރެޖެކްޓްގެ ފުރަތަމަ ފިޔަވަހި ނިމޭއިރު، މިޕްރޮޖެކްޓް އެއްކޮށް ނިންމާލުމަށް އިތުރު 30 އަހަރު ބޭނުން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ތިއީ ވަރަށް މޮޔަބައެއް! ޤުދްރަތީ ކާރިސާއެއް މެދުވެރިކުރައްވަން ﷲ އިރާދަ ކުރައްވައިފިނަމަ އެކަމުން ސަލާމަތް ވެވޭނެ ހަމައެއްވެސް ގޮތެއް ނޯންނާނެކަން ޣައެރު މުސްލިމުންނަކަށް ނުވިސްނޭނެ !

    • ކިޔާ

      އަސްލުވެސް.ގުދުރަތީ ހާދިސާތައް ކުރިމަތިވަނީ އިންސާނުންނަށް އަންދާޒާވެސް ކުރެވޭފަދަ ގޮތަކަށްނޫން.އޭގެ ހެއްކެއް އެފަދަ ހާދިސާއެއް ކުރިމަތިވާނެ ވަގުތު ސިއްރުވެފަވުން.ރައްކާތެރިވުމުގެ ގޮތުން ތިފަދަ މަސައްކަތްކުރެވިދާނެ.އެކަމަކު ގުދުރަތީ ހާދިސާތަކުން ތިހަދާ ތަންތަންވެސް ސަލާމަތްވެދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާނެ.