ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަނާއި އޭނާގެ ކުރީގެ އަނބިމީހާ ސޫސާން ޚާން އަލުން ކައިވެނި ކުރަން އުޅޭ ކަމަށް އަޑުފެތުރިފައިވާއިރު، މި ދެމީހުން އެކުގައި ކޮށްއުޅޭ ކަންތައްތައް މިކަމުގެ ހެއްކަކަށް ފުދެއެވެ.

މި ދެމަފަރިންނަށް ލިބިފަިއވާ ދެ ކުދިންގެ ހައްޤުގަިއ ނަމަވެސް މި ދެމީހުން އަލުން ގުޅެން ވިސްނަމުންދާ ކަމުގެ ސިގްނަލް ތަކަކީ ދެ ފަރާތު އާއިލާއާއިއެކު މިހާރުވެސް ވަގުތުތައް ހޭދަކުރުމާއި ދަރިންނާއިއެކު ދެމީހުންވެސް ތަފާތު މަންޒިލް ތަކުގައި ވަގުތު ހޭދަކުރުމާއި ދެމީހުންގެ ރައްޓެހިންނާއިއެކުވެސް ވަގުތުތައް ހޭދަ ކުރުން ފަދަ ކަންކަމެވެ. މީގެއިތުރުން ރޭގައި ރިތިކް އާއި ސޫސާން އަދި އެދެމީހުންގެ ދޮށީ ދަރިފުޅާއި އޭނާގެ އެކުވެރިޔަކާިއެކު "މޫވީ ޑޭޓަކަށް" ވެސް ވަނީ ގޮސްފައެވެ.

"މޫވީ ޑޭޓަކަށް" ދިޔަ ޚަބަރަު ވައިރަލް ވުމާއިއެކު، ހަމަ ޔަޤީނުންވެސް މިހާރު ރިތިކް އާއި ސޫސާން ކައިވެނި ކުރަން އުޅެނީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ވާހަކަ ދައްކާފައެވެ.

"ކުރިންވެސް މި ކަޕްލް އުޅެމުންދިޔައީ ވަރަށް އުފާވެރި ލޯބި ދިރިއުޅުމެއް. ނަމަވެސް ދެމީހުންގެ ވިސްނުމުގަވެސް ތަފާތު ތަކެއް ހުންނާތީ މައްސަލަތައް ޖެހެން ފެށުމުން ވަކިވާން ޖެހުނީ. އެކަމަކު ވެދިޔަ ކަންތައްތައް ދޫކޮށްލާފަ އަލުން ގުޅިގެން އުޅުނިއްޔާ އެއީ ކިހާ އުފާވެރި އާއިލާއަކަށް ވާނެ. ދަރިންވެސް ބޭނުންވާނެ މަންމައާއި ބައްޕަގެ ލޯބި. އެގޮތަށް ހަމަ އެ ދެމީހުންވެސް އެކަކު އަނެކެއްކެ ލޯބި ބޭނުންވާނެ" މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން އެ ދެމީހުންގެ ގާތް ފަރާތަކުން ބުނެފައިވެއެވެ.

ރިތިކް އާއި ސޫސާން ރޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާއިރު، މި ދެ މީހުން އަލުން ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރު ގައި ގިނަ ބަޔަކު ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    އުނބަށް ޖަހަނީތަ؟

  2. ބާނިޔޫސޭ

    ދަރިން ލިބުމަށްފަހު ވަކިވެފައިތިބި ދެމީހަކު އުނބަށް ޖަހައިގެން ނަމަވެސް އަލުންގުޅިއްޖެނަމަ އެދެމީހުންގެ ދަރިންނަށް އެލިބެނީ ބަޔާންކޮށްދޭންވެސް ނޭނގޭފަދަ ބޮޑު އުފަލެއް. އެއީ ކޮންމެ ދެމީހަކުނަމަވެސް އަޅުގަނޑު މަރްޙަބާ ކިޔާނަން.

    • ކިޔާ

      އަސްލުވެސް..ތިހިޔާލަށް ތާއީދު..