ކާޓާ ހެރިސް ގްރޫޕް އަކީ އަމިއްލަ ގޮތުން މައްސަލަތައް ތަޙްޤީޤު ކުރާ ކުންފުންޏެކެވެ. އެކުންފުންޏަށް މީގެ ދުވަސްކޮޅެއް ކުރިން 24 އަހަރުގެ ޒުވާން އަންހެނަކު އައެވެ. އަންހެން މީހާ ބުނީ އޭނާގެ ފިރިމީހާ ސިއްރު ލޯބިވެރިޔަކު ގެންގުޅޭކަމަށް ޝައްކު ކުރެވޭ ކަމަށާއި އެހެންކަމުން އެކަން ޔަގީންކޮށްދިނުން އެދޭ ކަމަށެވެ.

އަންހެން މީހާގެ ނަމެއް މީޑިއާ އިން ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕްރައިވެޓް އިންވެސްޓިގޭޓަރަކު މައްސަލަ އާއި ހަވާލުވެ ޒުވާން ފިރިމީހާ އަށް ފާރަލާން ފެށިއެވެ. ފިރިމީހާގެ އުމުރުން 26 އަހަރެވެ.

ތަޙްޤީޤު ކުރާ މީހުން އެއްކުރި މައުލޫމާތު އެނގުނީ 26 އަހަރުގެ ފިރިމީހާ ލޯބީގެ ގުޅުމެއް ފައްކާ ކުރަމުން ދިޔައީ އުމުރުން 72 އަހަރުގެ މުސްކުޅި އަންހެނަކާއި ކަމެވެ. އެއީ ތަޙްޤީޤު ކުރާ މީހުންނަށް ވެސް ލިބުނު ބޮޑު ހައިރާން ކަމެކެވެ.

އެމީހުން ވަނީ ހެއްކާއެކު އެމައުލޫމާތު އަންހެން މީހާ އާއި ހިއްސާކޮށްފައެވެ. އަންހެން މީހާ އަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އޭނާ އާއި އެކު އެތައް ދުވަހެއް ވަންދެން ވަރަށް ލޯބިން އުޅުނު ފިރިމީހާ އުމުރަށް ވުރެ އެތައް ގުނައެއް ދޮށި އަންހެނަކާއި ރައްޓެހިވާން ޖެހުނު ސަބަބެއް އަނބިމީހާ އަކަށް ވެސް ނުވިސްނުނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިރިމީހާ ސިއްރު ލޯބިވެރިޔަކު ގެންގުޅުނު ކަން ބޭޒާރުވުމުން ދެމަފިރިންގެ ދެމެދުގައި މިހާރު ވަނީ މައްސަލަ ޖެހިފައެވެ. ނަމަވެސް އަންހެން މީހާ އަދި ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވާކަމަށް ވެއެވެ.

މިހާދިސާ ހިނގީ އިނގިރޭސިވިލާތުގައެވެ.

ހަޤީޤީ ލޯބި ވުމުން މީހެއްގެ ފެންވަރަކަށް، މީހެއްގެ އުމުރަކަށް ބެލުން ނޯންނަކަށް ވާހަކަ ފޮތްތަކުގައި އޮންނަނީ އެކަމުގައި ކޮންމެވެސް ހަޤީޤަތެއް ވެސް އެކުލެވޭތީތާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަމްސު

    ހަމަ ހިނިއަންނަނީ.

  2. ޮސާމީ

    މިއީ ވ.ޜަނގަޅު ގޮތެއް ސަބަބު ވ.ސާފު