ބޭނުންވާ އިސްތަށިގަނޑު ކޮށައިނުދޭނަމަ ރުޅިގަނޑު އިންތިހާއަށް އަރައެވެ. އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ބޯ ކޮށާ ދިން މީހާއާ ތަޅާފޮޅާ ހަދައެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިޔޯއަކުން ފެންނަނީ ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކު އޭނާގެ އިސްތަށިގަނޑު ހޭއަރުވާލާ މަންޒަރެވެ.

އެ ކުއްޖާ މިގޮތަށް ކަންތައްކޮށަފައި މި ވަނީ އޭނާގެ އިސްތަށިގަނޑު އޭނާ ބޭނުންވާ ގޮތަށް ކޮށައިނުދިނުމުންނެވެ.

އެ ކުއްޖާގެ އިސްތަށިގަނޑު ކޮށާފައި ހުރީ ވަރަށް ތުނި ކޮށެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނީއެވެ.

އެ މަންޒަރު ވީޑިޔޯ ކުރި މީހާ ބުނިގޮތުގައި އެ ކުއްޖާ ބުނީ އޭނާ ބޭނުންވީ އިސްތަށިގަނޑުގެ ކުރި 1.5 އިންޗް ހުންނަ ގޮތަށް އަދި ބަކީ ބައި ތުނިކޮށްލުމަށެވެ.

އެހެން ނަމަވެސް އޭނާ ބޭނުންވި ގޮތަށް އިސްތަށިގަނޑު ކޮށައިނުދިނެވެ.

އެކަމާ އައި ރުޅީގައި އޭނާ ވަރަށް ބޮޑަށް އެ އިސްތަށިގަނޑު ކޮށާދިން މީހާ ވަރަށް ބޮޑަށް ހަޅޭލެވިއެވެ. އަދި އޭނާގެ މޫނު މަތީގައި ޖެހިކަމަށް ވެއެވެ.

އެ ކުއްޖާ ބުނިގޮތުގައި އޭނާ ދެން ކުރިއަށް އޮތް ދެ މަސް ދުވަހު އުޅެން ޖެހޭނީ ވަރަށް ހާލުގައެވެ. މީހުން މަލާމާތްވެސް ކުރާނެއެވެ

އާނއެކެވެ. އިސަތަށިގަނޑު ބޭނުންވާ ގޮތަކަށް ނުކޮށިގެން އެކަމާ ހިތާމަކޮށް ރޮއެ ހަދާ ފިރިހެނުން މަދެއް ނޫނެވެ. އަދި އެކަމާ ރުޅިގަދަވެ އިސްތަށިގަނޑު ކޮށާ ދިން މީހާއާ ޒުވާބުކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު