ސްކޫލު ދައުރުގައި އަހަރެމެން މިންކޮށް، މަތި މީހަކީ ނުވަތަ ހުނަރުވެރި މީހަކީ ކާކުތޯ ބަލަނީ ލިބޭ ގްރޭޑަކުންނެވެ. ނަމަވެސް އުމުރުން އެންމެ 13 އަހަރުގެ މިކާލީ އުލްމާ މިވަނީ މިއީ ޙަޤީޤަތެއް ނޫންކަން ހާމަކޮށް އެންމެނަށް ނަމޫނާ ދައްކާފައެވެ.

އުމުރުން 13 އަހަރުގައި މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ލެމެނޭޑް ކުންފުނީގެ ސީއީއޯ، އުލްމާއަކީ ސްކޫލްގައި ދޭ އިމްތިޙާނުތަކުން މާ ރަނގަޅު ނަތީޖާތަކެއް ހޯދާފަމުންދާ ކުއްޖެއް ނޫނެވެ. މިހާރުވެސް ސްކޫލުގައި ކިޔަވަމުން އަންނަ މިކާލީއަށް ހިސާބު މިމާއްދާއިން ސީ ފާހަށްވުރެ މޮޅު ފާހެއް އަދި މިހާތަނަށް ލިބިފައިއެއް ނުވެއެވެ.

މިކާލީ ސީއެންއެންއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ ކުންފުންޏެއްގެ ޒިންމާ އަދާކުރަމުން ކިޔެވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް މިހާރުވެސް ކިޔަވަން ސްކޫލަށް ދާ ކަމަށެވެ.

"ސްކޫލަށްދަނީ ދެ ދުވަހުން އެއް ދުވަހު. އަނެއް ދުވަހު ދަނީ ކޮންމެވެސް ކޮންފަރެންސްއަކަށް. ނޫނީ ކޮންމެވެސް ހަފްލާއެއްގައި ވާހަކަ ދައްކަން. ގިނަ ދުވަސް ދުވަހު ސްކޫލް މިސްވަނީ މިގޮތަށް އިންޓަރވިއު ނަގަން އަންނާތީ." އުމުރުން އެންމެ 13 އަހަރު މިކާލީ ކިޔައިދިނެއެވެ.

މިކާލީ އެމެރިކާގެ ކުރީގެ ރައީސް އާ އެކީގައި

މިކާލީ ބުނެފައިވަނީ އޭނާ ވަރަށް ކުޑައިރު ލެމަނޭޑް ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވެންނި ކަމަށާއި އޭނާ ފުރަތަމަ ފަހަރަށް ލެމެނޭޑް ފުޅިއެއް ވިއްކާފައިވަނީ އުމުރުން 4 އަހަރުގައި ކަމަށެވެ. އަދި އެއަށްފަހު އޭނާގެ ލެމެނޭޑް ކުންފުނި ކުރިއަރައިގެން ދިޔަ ކަމަށާއި އޭނާ ބޭނުން ކުރީ އޭނާގެ މުނި މާމަ 1940 ހަދާފައިވާ ރެސިޕިއެއް ކަމަށެވެ.

މިކާލީގެ ލެމަނޭޑް ކުންފުނީގެ 50 ސްޓޯރެއް މިހާރު އެމެރިކާގައި ހުރިއިރު، ގިނަ ޤައުމުތަކަށް މި ބުއިންދަނީ އެތެރެ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމާލު

    މިވެސް މުސްލިމް ޤައުމެއްގައި ހިނގި ހާދިސާއެއްނަމަ، ނުވަތަ މުސްލިމްކުއްޖަކުލައްވާ 4 އަހަރުގައި ފެންފުޅިއެއް ވިއްކިނަމަވެއް، ޗައިލްޑް ލޭބާއޭ، ކިޔެވުމުގެ ޙައްޤޭ، ކިޔައިގެން އެކަމެއް ކުރިޔަ ނުދޭނެ.