އަންހެނުންނާއި އަންހެން ކުދިން ރޭޕުކުރުން އިންތިހާ ދަރަޖައަށް އިތުރުވެފައިވާ އިންޑިޔާގައި އަނެއްކާވެސް، ރޭޕުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ފަހުން ފެންމަތިވެފައިވާ މައްސަލައަކީ، އެޤައުމުގައި ހުންނަ ފައްޅިއެއްގެ، ބޮޑު ފާދިރީ، އަންހެނަކު ރޭޕުކުރި މައްސަލައެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ހުށަހަޅާފައިވަނީ އެޤައުމުގެ ބަދްލާޕޫރުގެ ދޫމް މަނިކްޕޫރު އަވަށުންނެވެ. އަދި، މައްސަލަ، ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

މީޑިޔާ އަށް މައުލޫމާތު ދެމުން ނޫސްތަކުން ބުނެފައިވާ ގޮތުގައި ރޭޕުކުރި އަންހެން މީހާއަކީ ފައްޅިއަށް ޒިޔާރަތް ކުރި މީހެކެވެ. އަދި، އެމީހާ ފައްޅިއަށް ގޮސްފައިވަނީވެސް އެހެން މީހަކާއެކުގައިކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި ފައްޅިއަށް ދިޔަ ތަނުން، އެތަނުގެ ވެރިއަކަށް ހުންނަ ބޮޑު ފާދިރީވަނީ، އެހެން ކޮޓަރިއަކަށް އަންހެން މީހާއަށް ގޮވާފައެވެ. އަދި، ރޭޕުކޮށްފައިވަނީ އެކޮޓަރިއަށް ގެންގޮސްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެސަރަޙައްދުގައި ހުންނަ ފުލުހުންގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް، އަވަނީޝް ކުމާރު ބުނެފައިވާ ގޮތުގައި ބޮޑު ފާދިރީއާ ދެކޮޅަށް މިހާރުވަނީ މައްސަލަ ރެޖިސްޓަރ ކޮށްފައެވެ. އަދި، އެކަމުގައި ކުށްވެރިވާ ފާދިރީގެ ނަމަކީ ސްވާމީ ކަނަހައިޔާ ނަންދު ނަމަކަށް ކިޔާ މީހެއްކަމަށްވެސް، އެފަރާތްތަކުން ބުނެފައިވެއެވެ.

އިންޑިޔާގައި، ފާދިރީއަކު އަންހެނަކު ރޭޕުކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މީގެކުރިންވެސް، ރޭޕުގެ މައްސަލައެއްގައި، އެޤައުމުގެ ފަސް ފާދިރީއަކުވަނީ ކުށްވެރިވެފައެވެ. އެމައްސަލައިގައި ކުށްވެރިވެފައިވަނީ އެޤައުމުގެ ކެރެލާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) ގައި ހުންނަ ނަޞާރާ ފައްޅިއެއްގެ ފާދިރީންތަކެކެވެ.

އެހެންނަމަވެސް، މި ފަހަރު ހައްޔަރުކޮށްފައިވަނީ ކޮން ދީނެއްގެ ފާދިރީއެއްކަން އަދި ހާމަކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    އިންޑިޔާ ފިރިހެނުން ހަމަ ފިރިހެނުންނަށް ނުވަނީޔޭ ދޯ އަންހެނެއްގެ ގަޔަށް ނާރަންޔާ

  2. ޣާދިރު މަނަދޫ

    ދެން މޯދީވެސް ތިޔަކަން ފަށަން ފެންނަނީ..

    • ހުސޭނުބޭ

      އޭނާ ވަކި ހިމޭނުން ހުންނާނެތަ؟ އަދި ފަޅާނާރަނީ!

  3. ހެޔޮބަސް

    މިއީ ފާދިރިންގެހާލަކީ އެކަމަކު ﷲއަށް ޝަރީކުކުރާ މިބައިގަނޑު ދައްކާވާހަކަވެސް
    އަޑުއަހާ ޤަބޫލްކުރާބަޔަކުއުޅޭ އިސްލާމްދީނަކީ މާތްވެގެންވާދީން އިސްލާމްދީނުގައި މިއީ
    ހަރާމްކަމެއް ވީމާ، ހުރިހާކަމެއްގެ ހައްލަކީ އިސްލާމްދީން އިސްލާމްދީންނޫން އެހެންދީނެއް
    ނުވޭ އެހެންދީންވާކަމަށްގަބޫލްކޮށް ގެރިއަށާ އަޅުކަންކޮށްﷲ ފިޔަވާ އެހެން ފަރާތްތަކަށް
    އަޅުކަންކުރާނަމަ މިފަދަ ހިތާމަވެރި ކަންތައްދިމާވާނެ