ބޮލީވުޑް އެކްޓްރެސް ސޯނަމް ކަޕޫރާއި އެނާގެ ފިރިމީހާ އާނަންދު އަހުޖާގެ ކައިވެންޏަށްފަހުވެސް މި ދެމަފިރިން އުޅެމުންދަނީ ވަރަށް "ރޮމޭންޓިކް" ދިރި އުޅުމެކެވެ. އެކްޓްރެސް އަނުޝްކާ ޝަރުމާއާއި ވިރާތު ކޮލީ ފަދައިން މި ދެމަފިރިންވެސް ކައިވެންޏަށްފަހު އަދި މާ ބޮޑަށްވެސް ގުޅުން ރަނގަޅުވެ، އުފާވެރި "ރޮމޭންޓިކް" ދުވަސްތަކެއް ހޭދަ ކުރާހެން ހީވެއެވެ.

މިކަމުގެ އެއް ހެއްކަކީ ކައިވެންޏަށްފަހު މާ ގިނަ ދުވަހެއް ނުވަނީސް ސޯނަމާއި އާނަންދު މަސައްކަތްތަކުގައި ބުރަ ވުމާއި ގުޅިގެން ވަކިން އުޅެން ޖެހުނު ނަމަވެސް، މަޝްހޫރް މީސްމީޑިއާ އެޕް ސްކައިޕް ބޭނުންކޮށްގެން އަދިވެސް އެ ދެމީހުން ކައި އުޅެނީ އެއްކޮށް ކަމެވެ.

"ކައިވެންޏެއްގައި ކިތަންމެ ކުޑަހެން ހީވާ ކަމަކީވެސް ހަމަ ވަރަށް ބޮޑު ކަމެއް. މިއީ އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ އެއް ކަންތައް. އަހަރެމެން ދުރުގައި މި ވަގުތު ހުރި ނަމަވެސް، އަދިވެސް އެއް ގަޑިއެއްގައި އެއްކޮށް ކައި އުޅެނީ. ދެ ޤައުމުގެ ގަޑި ތަފާތުވީމަ އަސްލު ވަރަށް އުނދަގޫ. އެކަމަކުވެސް މިގޮތަށް ކަންތައް ކުރެވުމުން ވަރަށް އުފާވެސްވޭ." އެދެމަފިރިންނާއި ހަވާލާދީ ރިޕޯޓެއްގައި ވެއެވެ.

"ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ނުވާނެ ކަހަލަ ގޮތަކަށް އަހަރެމެން ދެމީހުން ފޭސް ޓު ފޭސް ދިމާވެސް ވަން" އިތުރަށް އެ ރިޕޯޓްގައި ވެއެވެ.

މީގެ ދެ ދުވަސް ކުރިން، އާނަންދު ސޯނަމް އުރާލާ މަންޒަރު ދައްކައިދޭ ވީޑިއޯއެއްވެސް ވަނީ އިންސްޓަގްރާމްގައި ވައިރަލް ވެފައެވެ.

https://www.instagram.com/p/BlvgV1oF4iq/?utm_source=ig_embed&utm_campaign=embed_loading_state_control

އެހެންކަމުން، މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ ސޯނަމްއާއި އާނަންދުގެ ލޯބްބަކީ ބަދަލެއް އައުމެއްނުވާ "ހަޤީޤީ" ލޯބިކަމެވެ.