މަޝްހޫރު އިނގިރޭސި ލަވަކިއުންތެރިޔާ ޒޭން މަލިކު ހިންދީ ލަވައެއްގެ ކަވާއެއް ހަދައި އާންމުކޮށްފިއެވެ.

އޭނާ ކަވަރ ކޮށްފައިވަނީ ހިންދީ ލަވައެއް ކަމަށްވާ، ކޭލާޝް ޚެރްގެ މަޝްހޫރު ލަވައެއް ކަމަށްވާ "ތޭރީ ދީވާނީ" އެވެ. ޒޭން އެ ލަވަ ކަވަރކޮށް، ޕޯސްޓުކޮށްފައިވަނީ އޭނާގެ އަމިއްލަ އިންސްޓަގްރާމަށެވެ.

Tere deewani by zayn

A post shared by Zayn Malik (@zayn) on

ވަން ޑިރެކްޝަނުން މަޝްހޫރުވި ޒޭން ޕޯސްޓު ކުރި އެ ވީޑިއޯ އަށް ފަސް ލައްކަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު ގިނަ ބައެއްގެ ތަރުހީބު އޭނާއަށް ދަނީ އޮހިގެންނެވެ. އަދި އޭނާގެ ވަރޝަން މާ ރީތި ކަމަށްވެސް މީހުން ދަނީ ބުނަމުންނެވެ.

އެ ލަވައިގެ ކަވަރ އެއް ކިޔައި ކުޑަ ކްލިޕެއް އިންސްޓާއަށް ޕޯސްޓު ކުރުމުން ބޮލީވުޑް ފޭނުން ވަނީ ބޮޑަށް ކެތް މަދުވެފައެވެ. އެއީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބޮލީވުޑް ލަވައެއް ރިކޯޑު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު