ނޮކިޔާ ފޯނަކީ ނުވަތަ އާއްމުކޮށް ކިޔާ ގޮތުންނަމަ ނޮކިޔާ ބައްތިއަކީ މޯބައިލް ފޯނު ވުޖޫދަށް އައީއްސުރެ ރަސްކަން ކުރަމުން އައިއެއްޗެކެވެ. އެހެންނަމަވެސް އެޕަލްއާއި ސެންސަންގް މޯބައިލް ފޯނުގެ ދުނިޔެއަށް ވަނުމާއެކު ނޮކިޔާއަށްވަނީ މޯބައިލް ފޯނުގެ ދުނިޔޭގައި ފައިހަމަނުކޮށްލެވިފައެވެ. އެހެންނަމަވެސް ނޮކިޔާއިން މިފަހަރު މިގެން ގުޅޭ ޚިޔާލުން އައިފޯންވެސް ވައްޓާލުމަކީ ގާތް ކަމެކެވެ.

ކޮންމެ މީހެއްގެ ހިތުގައިވެސް އެޔަށް ލޯތްބެއް އުފެދިފައި އޮންނަ ނޮކިޔާ ބައްތި އުފައްދާ ނޮކިޔާ ބުރޭޑްއިން މިފަހަރު މާކެޓަށް ނެރެން މިއުޅެނީ ދޮންކެޔޮ ބައްޓަމަށް އިންނަ ފޯނެކެވެ. ނޮކިޔާ ފޯނުތަކުގެ ޚާއްސަ ކަމަކީ ދިގު ބެޓެރީ ލައިފް އެކެވެ. މިގޮތުން މިފޯނުގެ ބެޓެރީ ލައިފްއަކީ 25 ދުވަހެވެ.

ގިނަ ބަޔަކު ބަނާނާ ފޯނަށް އިންތިޒާރުޔ ކުރަމުން ދާއިރު މިހާރު އުފެދޭ ސުވާލަކީ މިފޯނަށް ނޮކިޔާ ބައްތިޔަށް ޖެހިފައި އޮތް ލޯބި ޖެހޭނެ ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެޓްރިކްސް

    މެޓްރިކްސް އަތުގަ އޮންނަނީ ހަމަ ނޮކިޔާ ފޯނެއްބާ؟؟