މަޝްހޫރް ބޮލީވުޑް އެކްޓްރެސް ދިޕިކާ ޕަދުކޯން އަކީ ކުޅަދާނަ މޮޅު އެކްޓްރެސުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ އެއް ފަންނާނުކަން ގައިމެވެ. ކޮންމެ އަހަރަކުވެސް އަހަރުގެ ފުރަތަމަ ހާފްގައި، ފޭނުންގެ މެދުގައި ވޯޓް ލައިގެން ހޮވާ "ބެސްޓް އެކްޓްރެސް"ގެ ޝަރަފުވެރިކަން މިއަހަރު ހޯދާފައިވަނީވެސް އެކްޓްރެސް ދިޕިކާ ޕަދުކޯންއެވެ. .

"ބޮލީވުޑް ލައިފް"ގެ ފަރާތުން އާންމުންނަށް ވޯޓް ލެވޭގޮތަށް ހުޅުވާލި ޕޯލްގައި 43 އިންސައްތަ ވޯޓް ލިބިފައިވަނީ ދިޕިކާއަށެވެ. އޭނާއަށް "ބެސްޓް އެކްޓްރެސް" ގެ ފަޚްރު ލިބިފައިވަނީ މި ކާމިޔާބު ބޮލީވުޑް ފިލްމު "ޕަދުމާވާތު" އިންނެވެ.

މި ޕޯލްގައ ބައިވެރި ކުރި އިތުރު ތަރިންތަކުގެ ތެރޭގައި ފިލްމު " ރާޒީ" އިން އެކްޓްރެސް އާލިއާ ބަޓް، ފިލްމު "ވީރް ޑީ ވެޑިން" އިން އެކްޓްރެސް ކަރީނާ ކަޕޫރް، ފިލްމު "ޕަރީ" އިން އަނުޝްކާ ޝަރުމާ، ފިލްމު" ހިޗްކީ" އިން ރާނީ މުކާޖީ އަދި ފިލްމު "ޕަޑްމޭން" އިން ރަދިކާއެވެ.

މޮޅު އެކްޓެއް ފިލްމު "ޕަދުމާތު" ގައި ދެއްކި ދިޕިކާއަށް އެ ފިލްމުގެ އެހެން ލީޑް ތަރިންނަށް ވުރެ ގިނައިން ލާރި ދިނުމުންވެސް މައްސަލައަކަށްވެގެން އެވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ. ނަމަވެސް މިފަދަ މޮޅު ފަންނާނަކަށް ގިނައިން ލާރި ދިނުމަކީ މައްސަލައެއް ނޫންކަމަށްވެސް ބައެއް ފޭނުން މިހާރު ބުނެއެވެ.

ދިޕިކާގެ ކުރިއަށް އޮތް ފިލްމާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްލަން އޭނާގެ ފޭނުން ތިބީ ނުހަނު ބޭނުންވެފައިއެވެ. ނަމަވެސް އިތުރު ފިލްމަކާއި ހަވާލުވި ކަމެއް އަދި އެނގިފައިވާ ނުވާކަމަށާއި ތަންކޮޅެއް މަޖާ ފިލްމަކުން ފުރުސަތު ލިބިއްޖެނަމަ އޭގެ ބޭނުން ކުރާނެ ކަމަށް ދިޕިކާ ބުނެފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.