މަޝްހޫރް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާރ އާއި އޭނާގެ ލޯބިވެރިޔާ ހައިލޭ ބަލްޑްވިން އެންގޭޖްވި ވާހަކް މިދިޔަ ހަފްތާގައި މީސްމީޑިޔާގެ ވައިގައި ހިފައިގެން ދިޔައެވެ. ނަމަވެސް މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ޖަސްޓިން އާއި ހައިލޭ ކައިވެނި ކުރީއޭ ކިޔައިގެން ދެކެވޭ ވާހަކަތަކެވެ.

ޖަސްޓިން އާއި ހައިލޭ ކައިވެނި ކުރިކަމަށް ބުނާ މީހުން ހެއްކެއްގެ ގޮތުގައި ދައްކަނީ ހައިލޭގެ އަތުގައި އަޅާފައިވާ މިއަނގޮޓިއެވެ.

ހޯމަ ދުވަހު ނަގާފައިވާ މިފޮޓޯގައި ހައިލޭ އަޅައިގެން ހުރި އަނގޮޓިއަކީ ޖަސްޓިން ބީބާއާއިއެކު އެންގޭޖްވި އަނގޮޓިއެއް ނޫނެވެ. ރަން އަދި ޑައިމަންޑްއިން ޖަރީކޮށްފައިވާ މިރިންގަކީ ހައިލޭއާއި ޖަސްޓިންގެ ކައިވެނިކޮށް ފަހުން އެޅުވި ރިންގެއް ކަމަށް ބައެއް މީހުން ބުނެއެެވެ.

ޖަސްޓިން ބީބާއާއި ހައިލޭ މީގެ ކުރިން ޑޭޓްކޮށްފައި ވީނަމަވެސް މިދެމީހުން އެންގޭޖްވެފައިވަނީ އަލުން ޑޭޓް ކުރަންފެށިތާ އެންމެ މަހެއްގެ ތެރޭގައެވެ.

ގިނަ މަޝްހޫރު މީހުން މީޑިޔާތަކަށް ފިލައިގެން މިގޮތަށް ކައިވެނި ކުރަމުންދާއިރު، ޓްވިޓަރގައި ޖަސްޓިން އާއި ހައިލޭ ކައިވެނި ކުރިތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސް މިވަނީ ވަރަށް ހޫނުވެފައެވެ.