ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ ކުޅަދާނަ އެކްޓަރ ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާންގެ މޮޑެލްކޮށްފައިވާ ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސުހާނާ މޮޑެލް ކުރި ފުރަތަމަ ފަހަރު ނަގާފައިވާ ފޮޓޯތަށް މީސް މީޑިއާގައި ވައިރަލް ވެފައިވާއިރު އޭނާ މޮޑެލް ކޮށްފައިވަނީ ފެޝަން ހަބަރުތަކާއި އެކި ގައުމުތަކުގެ މީހުންގެ ދިރިއުޅުން ގެނެސްދޭ މަޝްހޫރު މެގަޒިލް ވޮޔޭޖަސްއަށެވެ.

އުމުރުން 18 އަހަރުގެ ސުހާނާގެ ފޮޓޯއެއް ވޮޔޭޖަސްއިން އޮކްޓޯބަރި މަހު ނެރޭ އެޑިޝަންގެ ބަނޑޭރިހަންގަނޑުގައި ހިމަނާފައިވާއިރު އެ އެޑިޝަން އިފްތިދާހު ކުރުމުގެ ރަސްމިއްޔާތިގައި ޝާހްރުކް ހާން ބުނީ ދަރިފުޅު މޮޑެލް ކުރުމުގެ ދާއިރާއަށް ނުކުތުމުން އުފާކުރާ ކަމަށެވެ.

ސުހާނާ މޮޑެލް ކޮށްފައިވާ ފޮޓޯއެއް
ސުހާނާ މޮޑެލް ކޮށްފައިވާ ފޮޓޯއެއް

ފުރަތަމަ ފޮޓޯ ޝޫޓަށް ފަހު އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިޔުއެއްގައި ސުހާނާ ބުނީ އެކްޓް ކުރުމާއި މޮޑެލް ކުރުމަކީ ކުޑއިރުއްސުރެއް ކުރަން ބޭނުންވާ ދެ ކަންތަށް ކަމަށެވެ. ނަމަވެސް އޭނާގެ މައިންބަފައިންނަށް އެކަން އެނގުނީ ސްކޫލުގައި އޮތް ހަރަކާތެއްގައި އޭނާ ދެއްކި ހުނަރުގެ ސަަބަބުން ކަމަށްވެސް ޝުހާނާ ބުނެފައިވެއެވެ.

ސުހާނާ އެކްޓަރަކަށް ހަދަން ބޭނުން ކަމުގައި ޝާހްރުކް ހާން ބުނެފައިވާއިރު އޭނާ އިތުރަށް ބުނީ ޝުހާނާ އިތުރު ދާއިރާއަކުން ކުރިއަށް ގެންދަން އޭނާ ބޭނުން ނުވާ ކަމުގައެވެ.

ޝުހާނާ ،މޮޑެލްކޮށްފައިވާ ފޮޓޯތަކަށް މަޝްހޫރު ފިލްމު ޕްރޮޑިޔުސަރު ކަރަން ޖޯހަރު ވެސް ވަނީ ތައުރީފްކޮށްފައެވެ.

މޮޑެލް ކުރުމުގެ ދާއިރާއަށް މަރުހަބާ ކިޔަމުން ކަރަން ޖޯހަރު ވަނީ ޝުހާނާ އަކީ އެ ދާއިރާއިން ކުރިއަށް ދެވޭނެ ކުއްޖެއްކަމުގައި ބުނެފައެވެ.