ބޯ ތަލަވުމާއި ބޮލުން އިސްތަށި ފޭބުމަކީ ދެޖިންސުގެ ޒުވާނުންގެ މެދުގައި ވެސް މިހާރު ބޮޑު މައްސަލައަކަށް ވެފައިވާ ކަމެކެވެ.

ފިހާރަތަކުންނާއި މާކެޓް ތަކުން ލިބެން ހުންނަ ކޮންމެ ކޮންމެ އުފެދުމަކުން އިސްތަށިގަނޑުގެ މި މައްސަލައަށް ހައްލެއް ލިބެން ނެތެވެ. އާންމު ކޮށް ޒުވާން އުމުރުގައި ބޮލުން އިސްތަށި ފައިބާ ބޯ ތަލަވުމަކީ ގިނަ ޒުވާނުން މާޔޫސް ކުރުވާކަމެކެވެ.

ނަމަވެސް މިހާރު މިވަނީ މި ކަމަށް ވަރަށް އެދެވޭނެ ބޭހެއް އުފައްދާފައެވެ.

އަލަށް އުފެއްދި މި ބޭހުން ބޮލުން އިސްތަށި ފޭބުމާއި ބޯތަލަވުމުގެ އިތުން އިސްތަށި ހުދުވުމާއި ހަންގަނޑު އެނދުން ފަދަ މައްސަލަތަށްވެސް ނަތީޖާ ފެންނަ ފަދަ ފަރުވާ އެެއް ލިބޭ ކަމަށް މި ބޭސް އުފެއްދި އެމެރިކާގެ ސައިންސްވެރިން ބުނެއެވެ.

މި ބޭސް މިހާރު ކާމިޔާބު ކަމާއި އެކު ޓެސްޓް ކޮށް އެދޭވޭނެ ރަނޅަގު ނަތީޖާއެއް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ ޕްރޮފެސަރެއް ސައިންސް ޖާނަލް އަަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މި ބޭސް އުފައްދަން ކުރެވުނު ތަހުލީލުން ބޯ ތަލަވެ އިސްތަށި ފޭބުމަށް ދިމާވާ މައިގަނޑު ސަބަބަކީ ކެއުން ބުއިމުގައި އާދަ ބަހައްޓާ ގޮތުގެ ސަބަބުންކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ބޭސް ކާމިޔާބު ކަމާއި އެކު މާކެޓަށް ނެރެވިއްޖެ ނަމަ މިހާރު ތަލަވުމާއި ބޮލުން އިސްތަށި ފޭބުމަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެން ދާނެ އެވެ. އެހެން ކަމުން ބޯ ތަލަވެފައިވާ އެންމެންނަށް ވެސް މިއީ އުފާވެރި ހަބަރަކަށް ވާނެއެވެ.

އެމެރިކާގެ ސައިންސްވެރިން އުފެއްދި މި ބޭސް އުފެއްދީ ބޭސް ގުޅައެއްގެ ގޮތުގައެވެ. މިއާއެކު މި ބޭސް އަދި އިތުރަަށް ޓެސްޓް ކޮށް ކުރަން ޖެހޭ ދިރާސާ ކުރުމަށް ފަހު ވަރަށް އަވަހަށް ބާޒާރާނެރޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުބޯ

    ބޯތަލަވީމަ ގައިމުވެސް ޖީބަށްލުއިވާނެ.އިސްތަށިގަނޑު ކޮށުމުގެ ހަރަދު،ޝޭމްޕޫ،ތެޔޮ،ކޮންޑިޝަނާރ،ފުނާ،ޖެލް (އަންހެނަކުނަމަ) އިސްތަށިގަނޑު އައްސަން ގެންގުޅޭކަހަލަ ވޫލްކޮޅު،ދަތި ފަދަ ތަކެއްޗަށް ކުރަންޖެހޭ ހަރަދު ކުރާކަށް ނުޖެހޭނެ.

  2. ޢަސްލު

    ކަޅުބޯގެ ކޮމެންޓަށް ތާއިދު ކުރަން