ކުޅަދާނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އަނެއްކާވެސް ހޮލީވުޑްގެ ފިލްމެއް ކުޅެން އުޅޭކަމަށް ޚަބަރުތައް ބުނެފިއެވެ.

ބޭޜުގެ ރިޕޯޓްތައް ބުނާ ގޮތުގައި، ޕްރިޔަންކާ މިފަހަރު ކުޅުމަށް ނިންމާފައިވަނީ "ކައު ބޯއީ ސްޓާރ ވައިކިންގް" ނަމަކަށް ކިޔާ ހޮލީވުޑް ފިލްމެކެވެ.

މި ފިލްމުގެ ލީޑް އެކްޓްރެސްއެއްގެ ރޯލު ޕްރިޔަންކާ އަށް ލިބުނީ އެތަކެއް ހުނަރުވެރި ހޮލީވުޑް އެކްޓްރެސުންނާއި ވާދަ ކޮށްގެންނެވެ. އޭނާއާއިއެކު މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ކްރިސް ޕްރެޓްއެވެ.

ބޮލީވުޑް ފިލްމް "ބާރަތު" ގެ ޝޫޓިން ފަށާފައިވަނިކޮށް ޕްރިޔަންކާ ވަނީ އެންގޭޖްވުމުން އޭނާއަށް އިތުރަށް އެފިލްމު ކުޅެވެން ނެތް ކަމަށް ބުނެފައެވެ.

"މި ފިލްމު އިތުރަށް ކުޅެވެން ނެތް ވާހަކަ ޕްރިޔަންކާ ވަނީ މީގެ ދެ ދުވަސް ކުރިން އަހަރެމެންނަށް އަންގާފައި. އެއީ އޭނާގެ އެންގޭޖްމެންޓްގެ ސަބަބުން. މިއީ ޕްރިޔަންކާއާއި ބަލާފައި އަންޕްރޮފެޝަނަލް ކަމެއްކަމަށް ޤަބޫލު ކުރަނީ. އެކަމަކުވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވޭ. މިހާރު އޭނާ އެވަނީ އެންގޭޖްވެ، މި އަހަރުގެ އޮކްޓޫބާރ ނުވަތަ ނޮވެންބަރު މަހުގެ ތެރޭގާއި ކައިވެނި ކުރަން ނިންމާފައި. އެހެންވެ، އަހަރެމެން އެންމެންގެ ހެޔޮ ދުއާ ވަނީ ޕްރިޔަންކާއާއިއެކު" ފިލްމު "ބާރަތު"ގެ ޑައިރެކްޓަރު އަލީ ބުނެފައިވެއެވެ.

"ބާރަތު" ކުޅުން ހުއްޓާލިތާ މާ ގިނަ ދުވަހެއް ނުވެ، ޕްރިޔަންކާ ހޮލީވުޑް ފިލްމެއް ކުޅެން އުޅޭ ކަމުގެ ޚަބަރު ލިބުމުން ބައެއް ފަރާތްތަކުން ދަނީ އޭނާއަށް ފާޑުކިޔުންތައް ކިޔަމުންނެވެ.

ޕްރިޔަންކާ ދެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިންއެވެ. އޭގެފަހުގައި އޭނާގެ ކައިވެނީގެ ކަންތައްތައް ނިންމުމަށްފަހު މި ހޮލީވުޑް ފިލްމުގެ ޝޫޓިންވެސް ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮނަކު

    އަބަދު ޕުރިޔަންކާ ޕުރިޔަންކާ. މުސްލިމު އަންހެނެއްގެ ވާހަކަ ދައްކާނަމަވެސް ރީތި. ބަލާބަލަ އޮރިޔާން ހާލުގައޭ އެ ހުންނަނީވެސް. ކޮބާ ބުރުގާ؟

  2. ތިންކަރ

    ކުރީގަ ރާއްޖޭގެ އެއްވެސް މީހަކު ބުރުގާ އެއް ނާޅާ.. 65 އަހަރުން މަތީގެ މީހަކު އަޅާފާނެ... ބުރުގާ އަކީ މާމަ އިންގެ އެއްޗެއް ގޮތުގަ ސިފަ ވެފައި ވަނީ.. ކުރީގަ ވެސް ރާއްޖޭގަ އުޅުނީ މުސްލިމުން، މިހާރު ބުރުގާ އަޅާގެން އުޅޭ މީހުންނަށް ވުރެން މާ އަހުލާގު ވެސް ރަގަޅު! އޭރު ވެސް ޝޭހުން އުޅޭ އެކަމަކު ބުރުގާ ނޭޅިޔޭ ކިޔާފަ ދިމާކޮށް ނަހަދާ