އިންޑިއާގެ މޮހޮލީ ވިލޭޖްގައި އެއްބަނޑު އެއްބަފާ ބޭބެގެ ފަރާތުން ރޭޕްގެ ޝިކާރަރަކަށްވި އޭނާގެ 16 އަހަރުގެ ކޮއްކޮ ވިހައިފިއެވެ.

އެ ކުއްޖާ ވިހާފައި ވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާއިރު، އެ މައްސަލާގައި ދައުވާ ކުރުމަށް ނިންމާފައިވަނީވެސް 17 އަހަރުގެ ކުއްޖަކަށެވެ.

އެ ކުއްޖާ ވިހާފައި ވަނީ ގެއަށެވެ. އެއާއިއެކު އާއިލާ މެމްބަރަކު ވަނީ އެ ކުއްޖާ ގެންގޮސް އެހެން ހިސާބެއްގައި ހުރި ގެއެއްގެ ބޭރުގައި ބާއްވާފައެވެ. އެ ކުއްޖާ އެތަނުގައި ބާއްވާފައި އޮއްވައި އާއްމުންގެ މީހަކަށް ފެނިގެން އެ ގޭގެ ވެރިމީހާއަށް އެންގިއެވެ. އަދި އެ ކުއްޖާ ފުލުހުންނާއި ހަވާލުކުރިއިރު، މިހާރު އެ ކުއްޖާ ވަނީ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކާއި ހަވާލުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ އަހަަރުގެ ތެރޭގައެވެ. އެ ކުއްޖާ ރޭޕްކުރިކަން އާއިލާއަށްވެސް އެނގެއެވެ. އަދި އެކަމުގެ ސަބަބުން އޭނާ ބަނޑުބޮޑުވެފައިވާކަން ވެސް އާއިލާއަށް އެނގޭއިރު، އެ އާއިލާއިން ވަނީ އެކަން ސިއްރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަން މި މައްސަލައިގެ ތަހުޤީޤަށް ވަނީ ހާމަވެފައެވެ.

އެ ކުއްޖާގެ މައްސަލާގައި އެގެއަށް ހެލްޕްލައިންގެ ބައެއް މީހުން ދިޔައެވެ. އަދި އެ މީހުންނަށް އޭނާ ރޭޕްކުރި ގޮތުގެ ވާހަކަތައް ހިއްސާކުރިއިރު، އެ ކުއްޖާ ކުދިން ބަލަހައްޓާ ގެއަކާއި ހަވާލުކުރީ އޭނާ ބޭނުންވެގެންކަމަށް އެ ކުއްޖާ ބުންޏެވެ. ފުލުހުން ބުނީ، އެ ކުއްޖާ ރޭޕްކުރި އޭނާގެ ބޭބެގެ މައްސަލަ ބެލުމަށް ނިންމާފައިވާކަަމަށާއި، އެ ކުއްޖާ ބަލަން ބޭނުން ނުވެގެން މަގުމައްޗަށް ދޫކޮށްލި މައްސަލަވެސް ބަލާނެ ކަމަށެވެ.

އިންޑިއާއަކީ ރޭޕްގެ ކަންތަކުގައި ހައްދުންނައްޓާލާފައިވާ ގައުމެކެވެ. އެ ގައުމުގައި ދާދި ފަހަކުން މާބަނޑު ބަކަރިއެއްވެސް ވަނީ ރޭޕްކޮށް މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުޅޯ

    ތިޤައުމުގެ ނަން " ރޭޕިސްތާން " އަށް ބަދަލުކުރަންވީ.

  2. ތިމަންނަ

    އިންޑިޔާގައި ތިޔަ މައްސަލަ ހައްލުވާނީ ހައެއްކަ ގެރި ރޭޕްކުރީމާ

  3. ވާވް

    ވާވް ހާދަފައްކާ ކަމެކޭ މީ މިބައި ޖައްސަންވީ

    • މީ

      މާތްﷲ ތިބާއަށް ތެދުމަގު ދައްކަވާށި އާމީން

  4. ނަންނެތް

    އާމީން

    އަޅަމެންގެ ދުއާ އިޖާބަ ކުރައްވާށި