ބޮލީވުޑްގެ ތަރި އަނިލް ކަޕޫރް އާއި ސުނީތާ ކަޕޫރްއަކީ ވަރަށް ލޯބި ޖޯޑެކެވެ. އެތައް ބަޔަކު އެ ވާހަކަދައްކައެވެ. އެހެން ނަމަވެސް އަނިލް އާއި ސުނިތާ ބައްދަލުވީ ކިހިނެއްކަމެއް ގިނަބަޔަކަށް އަދިވެސް ނޭގިދާނެއެވެ.

ހިއުމަންސް އޮފް ބޮމްބޭއަށް މައުލޫމާތުދެމުން ދިން އިންޓަވިއުއެއްގައި އަނިލް ބުނީ، ސުނިތާއަކީ އޭނާ ހައްދާލަންވެގެން އޭނާއަށް ގުޅި މީހެއް ކަމަށެވެ.

"އަހަރެންގެ ރަހުމަތްތެރިއެއް ސުނީތާއަށް ނަމްބަރު ދިނީ އަހަރެން ހައްދާލަން ގުޅާލަން ވެގެން. އަަހަންނަށް ފުރަތަމަވެސް އޭނާގެ އަޑު ޖެހުމާއެކު އޭނާގެ އަޑަށް ލޯބި ޖެހުނު. އޭގެ ފަހުން ސުނީތާއާއި ޕާޓިއަކުންވެސް ބައްދަލުވި. އެއިރުވެސް އަހަންނަ އިނގޭ އަހަރެންގެ ހިތު ތެރޭގައި އޭނާއަށް ޖާގައެއް އޮތްކަން. އެންމެ ފަހުން ދެ މީހުން ރަނގަޅަށް ވާހަކަދައްކަން ފަށާ ރަހުމަތްތެރިކަން އުފެދުނީ" އޭނާ ބުންޏެވެ.

އަދި އެއިރުވެސް އަނިލްގެ ހިތުގައި ސުނީތާއަށް ހާއްސަ މަގާމެއް ދެވުނުއިރު، ދެ މީހުންނަށްވެސް ދެ މީހުން ހާއްސަވިއެވެ. އަދި ސުނީތާ އޭނާގެ އެންމެ ދަތި ދުވަސްތަކުގައިވެސް އޭނާއާއެކު ވި ކަމަށާއި، އަބަދުވެސް އެންމެ ގާތުގައި އެހީވުމަށް އޭނާ ހުންނަކަމަށް އަނިލް ބުންޏެވެ.

އަނިލް އާއި ސުނީތާ ލޯބީގެ ގޮތުން ގުޅިގެން 10 އަހަރު ދުވަހު އުޅުނެވެ. އޭގެ ފަހުން ކުއްލިއަކަށް ދެ މީހުން ކައިވެނިކުރިއިރު، ދެ މީހުން އެކުގައި އުޅޭތާ މިހާރު ވަނީ 45 އަހަރު ވެފައެވެ. އަނިލް ބުނީ، ސުނީތާއަކީ ރަނގަޅު އަންބެއް ކަމަށާއި، ދަރިންނަށް ހެޔޮލަފާ މަންމައެއް ކަމަށެވެ.

އަނިލްގެ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު، ދެން އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމް "ފަންނޭ ޚާން" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަބޫ

    ކަލޯ މަހީކުރީ ސުނިއަންކާ ކަމަށް

  2. ނިއުމާ

    އާތް!! މަހީކުރީ ރާއްޖެގަ އުޅޭ ސުނިޔަންކާ ކަމަށް

    • ނިންނި

      މަވެސް

  3. ލީމް

    ސުނީތާ ހީވަނީ އަނިލްކަޕޫރުގެ މަންމަހެން. މާ އޯލްޑު ވައްތަރުޖަހަނީ ކަޕޫރާއި އަޅާބަލާއިރު

  4. ޏނނނ

    މަވެޟް

    • އޭނަ

      ބަލަ އޭނައާ އިނދެގެން އުޅެމުންނޭ ތިންދަރިން ވިހާފަ މުސްކުޅިވީ. ބައެއްމީހުންނަކީ އުމުރުން ކިތަންމެ ދުވަހެއްވިޔަސް ފެންނަފެނުމަށް ޒުވާަންކޮށް ތިބޭ ބައެއް. އަނިލް އަކީ އެކަހަލަ މީހެއް،

  5. ބާނިޔޫސޭ

    ޕްރިޔަންކާ - ސުނީތާ / އަނިލް ކަޕޫރު - ސުނީތާ

  6. ވަޑިފަތި

    ސުނީ ވަރަށް ޒުވާން

  7. Anonymous

    ކަލޯ މަހީކުރީ ރާއްޖޭގެ ސުނީތާ ކަޕޫރުކަމަށް. ?
    ބަަޔެއް ސަހާދެއް!
    ..