އޮރެންޖް ޖޫހަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލް އެއްޗެކެވެ. ހެނދުނުގެ ނާސްތާއިން ފެށިގެން ރޭގަނޑުގެ ކެއުމުގައިވެސް ބޭނުން ކުރަމުންދާ އޮރެންޖް ޖޫހަކީ އެހެން އެއްޗަކާއެކު ބުއިމުން ސިއްޙަތަށް އެހާ ފައިދާ ހުރި އެއްޗެއް ނޫނެވެ.
އޮރެންޖް ޖޫސް ބުއިމުގެ ސަބަބުން ޖޫހާއި އެކުގައި ހުންނަ ކާނާގެ ހުންނަ ފައިބަރގެ ބާވަތްތައް މަދުކޮށްދެއެވެ. މީގެ މާނައަކީ އޮރެންޖް ޖޫސް އިތުރު އެއްޗަކާއެކު ކައިފިނަމަ ބަނޑުބޮޑު ވުމުގެ އިޙްސާސްއެއް ނުކުރެވޭނެއެވެ. އަދި ފައިބަރ އަކީ ހަށިގަނޑަށް މުހިންމު އެއްޗެއް ކަމުގައިވުމާއިއެކު، ފައިބަރގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ބަނޑު ހަރުވުންފަދަ މައްސަލަ ތަކާއި ކުރިމަތިވެއެވެ.
އެހެން އެއްޗަކާއިއެކު ބުއިމުން އޮރެންޖް ޖޫހުން ލިބޭ ފައިދާއަށް ލިބޭ ގެއްލުން ބޮޑު ކަމަށް 1920 ގައި ބައޯ ކެމިސްޓް އެލްމާ މެކްލޫންހެދި ދިރާސާއަކުންވަނީ ހާމަވެފައެެވެ. އެލްމާއަކީ ވިޓަމިން އޭ، ޑީ، އަދި އީ ހޯދުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ މީހެކެވެ.
އޮރެންޖް ޖޫހުން ލިބޭ ގެއްލުންތައް އޭރު ބަޔާން ކުރުމާއިއެކު އޮރެންޖް ހައްދާ އެކްސްޕޯޓްގެ ވިޔަފާރި ބޮޑު މަޑުޖެހުމަކަށް އައެވެ. އަދި އޭގެ ފަހުން ކެލިފޯނިޔާގައި އޮރެންޖް ޖޫހަކީ ފައިދާ ހުރި އެއްޗެއް ކަމަށް ދަޢުވާކޮށް ކެންޕެއިންތަކެއް ބޭއްވުނެވެ. މިހެން ކަމުން އޮރެންޖް ޖޫސް އަނެއްކާވެސް ވައިގައި ހިފައިގެން ދިޔައެވެ.
އޮރެންޖް ޖޫހަކީ އޭގެން އެތައް ފައިދާ ހުރި އެއްޗެއް ކަމުގައި ވިޔަސް، އެހެން އެއްޗަކާއެކު އޮރެންޖް ޖޫސް ބުއިމަކީ އޭގެއިން ލިބޭ ފައިދާތައް ހުއްޓުވާ ކަމެކެވެ. މިހެން ކަމުން އިތުރު އެއްޗަކާއިއެކު އޮރެންޖް ޖޫސް ބުއިމުން ދުރުވާން ޖެހެއެވެ.
އެކިދުވަހު އެކިގޮތަށް. މާދަމާ ވާނެ އޮރެންޖުޖޫސް އެންމެ ފައިދާބޮޑީ ބަރަބޮލަކާއެކު ބޮއުނީމޭލިޔަން. ކީކޭ ދެންބުނާނީ.
جزاك اللهُ خيرًا