މާވެލްގެ އެވެންޖާރސްގެ ސުޕަހީރޯ 'ދަ އިންކްރެޑިބަލް ހަލްކް' ގެ ނަމުން ނަން ދެވިފައިވާ އިރާނުގެ ރައްޔިތެއްކަމުގައިވާ ސަޖަދް ގަރީބީ އަކީ ސޯޝަލް މީޑިޔާތަކުގައި އަދި ވަކިން ހާއްސަކޮށް އިންސްޓަގްރާމްގައި މަޝްހޫރު މީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ އޭނާގެ ބިޔަ ހަށިގަނޑުގެ  ސަބަބުންނެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވ ކުރާ ބައި ލައްކަ އަށް ވުރެ ގިނަ މީހުން އުޅޭއިރު ކޮންމެ ދުވަހަކުވެސް އޭނާ އިންސްޓަގްރާމްއަށް އެދުވަހަކު އޭނާ ކުރާ ކަންކަމުގެ ފޮޓޯ ލައި ހަދައެވެ. އޭނާ އާންމުގޮތެއްގައި ކޮށްއުޅޭ ކަމަކީ ވެއިޓްލިފްޓުކުރުމެވެ.

އިރާނިއަން ހަލްކް އަދި ޕާރޝިއަން ހާރކިއުލީސްގެ ނަމުންވެސް ނަން ދެވިފައިވާ ސަޖަދްގެ ބަރުދަނުގައި 165 ކިލޯގްރާމް ހުންނައިރު އޭނާއަށް 175 ކިލޯގްރާމްގެ ބަރުދަން ހުންނަ އެއްޗިހި އުފުއްލެއެވެ. ބޮޑީބިލްޑިންގް މުބާރާތްތަކުގައި އޭނާގެ ގައުމު ތަމްސީލުކޮށްދީފައިވާ ސަޖަދް އަކީ އޭނާގެ ހުސް ވަގުތުގައި ސަމާސާއަށް އޭނާއަށްވުރެން ހަށިގަނޑުން ކުޑަ މީހުންނާއިއެކު ފޮޓޯ ނަގައި ހަދާ މީހެކެވެ. އޭނާގެ ބިޔަކަމާއިއެކުގައިވެސް ސަޖަދްއާއި އެކުގައި އުޅޭ އޭނާގެ ގާތް މީހުން ބުނާގޮތުގައި އޭނާއަކީ ވަރަށް މަޑު މަޑުން ހުންނަ އޯގާތެރި މީހެކެވެ.

ސަޖަދް ގަރީބީގެ ބިޔަކަމުގެ ސަބަބުން އޭނާ ކެއުމަށާއި ވޯކްއައުޓްއަށް ބޭނުންކުރާ އުކުޅުތައް ހޯދުމަށް އެތައް ބަޔަކު މަސައްކަތްކޮށްފައިވީ ނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓުން މިފަދަ އެއްވެސް ކަމެއް ފެންނަން ނުހުރެއެވެ. އޭނާގެ އިންސްޓަގްރާމްގައި ހުންނަނީ އަބަދުވެސް ސަޖަދްގެ ވޯކްއައުޓްކުރާތަން ނުވަތަ ބަރު އެއްޗެއް އުފުއްލާތަން ނުވަތަ ނުވަތަ އޭނާއަށްވުރެ ކުޑަ އެއްޗިއްސާއި އެކު ފޮޓޯނަގައި އޭނާގެ ބިޔަ ހަށިގަނޑުގެ ފޮޓޯތަކުން ފުރާލެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކި ހާ ވަރަކައް ތިއާ ޓިކަލް ލިޔަނީ

  2. މީނަޔަށް ހެޔޮވަރުގެ ކިރު ހިއްޕިޔެއް ނުލިބުނީތަ

  3. ކިތަންމެ ބާރުގަދަ ނަމަވެސް ހަމަ އެންމެ ވަޒަނަކުން އޭނާގެ ކަންތައްތައް ނިންމާލެވިދާނެ!