އިންޑީޔާގެ ބަސްތަރގެ ޗަންޑިގަރްޝްގައި ސްކޫލްތަކުގެ ޓީޗަރުންނަށް އެގައުމުގެ ސަރުކާރުން ބެހި ޓެބްލެޓްތަކުގައި ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ" ގައި ރިޕޯޓްކޮށްފައިވާ ގޮތުން މިޓެބްލެޓް ހުޅުވާ ކޮންމެ ފަހަރަކު ބަރަހަނާ ފޮޓޯއެއް ފެންނަ ކަމުގެ ޝަކުވާ ޓީޗަރުން ކުރަމުން އަންނަ ކަމަށެވެ. އިންޑިޔާގެ ސްކޫލްތަކަށް ބަހާފައިވާ މިޓެބްލެޓްތަކަކީ މިއަހަރުގެ ކުރީ ކޮޅުގައި ބަހާފައިވާ ޓެބްލެޓް ތަކެކެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސް އެންޑް ޑިވެލޮޕްމެންޓްއިން އިންޑިޔާގެ ޗަންޑިގަރްޝްގެ ހުރިހާ ސްކޫލްތަކަށް ބަހާފައިވާ މި ޓެބްލެޓް ބަހާފައިވަނީ އެސަހައްދުގެ ސްކޫލްތަކުގެ ހާޒިރީ އޮންލައިންކޮށް ބެލުމުގެ މަޤްސަދުގައެވެ.

ޗަންޑިގަރްޝްގެ ހުރިހާ ސްކޫލަކަށް މިޓެބްލެޓް ބަހާފައިވާއިރު، ބަރަހަނާ ފޮޓޯތައް ފެންނަ ޓެބްލެޓްތައް ބޭނުން ނުކުރުމަށް މިހާރު އެ ސްކޫލްތަކަށް ވަނީ އަންގާފައެވެ. އަދި އެމައްސަލަ ހައްލު ވަންދެން ކުރީގައިވެސް ބޭނުން ކުރި ގޮތަށް ގަނޑުގައި މާކްކޮށްގެން ހާޒިރީ ނެގުމަށް އެސްކޫލަށްވަނީ އަންގާފައެވެ.

އިންޑިޔާގެ ކަމާބެހޭ އިދާރާތަކުންދަނީ މިކަން ހިނގާފައިވާ ގޮތް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ރާއްޖޭގައި ބަހަން އުޅޭ ޓެބްލެޓްތަކަށްވެސް ތި ބައިވަރު ވަންނާނެ. ބަލަންތިބެ.