ޗައިނާގެ ބްރޭންޑެއް ކަމަށްވާ ވާވޭއިން މިހާތަނަށް އެކުންފުނިން ކުއާޓަރ އެއްގެ ތެރޭގައި ވިއްކާލެވުނު އެންމެ ގިނަ ފޯން ވިއްކާ، އެޕަލް ކުންފުނި ވައްޓާލާ އެންމެ ގިނަ ފޯން ފޯން ވިއްކި ލިސްޓްއިން ދެވަނަ ހޯދައިފިއެވެ.

ވާވޭގެ މި އަހަރުގެ މިދިޔަ ކުއާޓަރގެ ސޭލްސްއަށް ބަލާލާއިރު މިދިޔަ މަހު އެކުންފުނީގެ ސޭލްސްވަނީ މިދިޔަ ކުއާޓަރ އާއި އަޅާ ބަލާއިރު 40 އިންސައްތައިގެ ކުރިއެރުމެއްވަނީ ހޯދާފައެވެ. އަދި މިއަހަރުގެ މިދިޔަ ކުއާޓަރގައި ވާވޭއިންވަނީ 54 މިލިޔަން ފޯން ވިއްކާ، މީގެ ކުރިން އެންމެ ގިނައިން ފޯން ވިއްކާ ލިސްޓްގެ ދެވަނައިގައި އޮތް އައިފޯން ފަހަރަށް ޖައްސާލާފައެވެ.

މިލިސްޓްގެ އެއްވަނަގައި އޮތް ސެންސަންގްއިން މިއަހަރުގެ މިކްއާޓަރގައި 70 މިލިޔަން ފޯން ވިއްކާފައި ވީނަމަވެސް މިއީ މިދިޔަ އަހަރުގެ މިކުއާޓަރއާ ބަލާއިރު ބޮޑު ވެއްޓުމެކެވެ.

ވާވޭގެ ފޯންތައް އެމެރިކާގައި ވިއްކުން މަނާކޮށްފައިވާއިރު، މިފޯންތައް އެންމެ ގިނައިން ވިކެނީ އޭޝިޔާގެ ހިސާބުތަކުގައެވެ. ހެޔޮ އަގުގައި ގިނަ ފޯންތަކެއް ވާވޭއިން ވިއްކަމުންދާއިރު، އެމެރިކާގައި ވާވޭ މިބްރޭންޑްގެ ފޯން ނުވިއްކަނީ އެމެރިކާއަށް ޗައިނާގެ މިކުންފުނިން ޖާސޫން ކޮށްފާނެ ކަމުގެ ބިރަށްޓަކައެވެ.

ވާވޭއިން ތަފާތު އެކި މޮޑެލްތަކުގެ ފޯން އުފައްދަމުންދާއިރު، ޗައިނާގެ މިފޯން ހުރިހާ ބްރޭޑެއްގެ ފޯންތައް ވައްޓާލާނެ ކަމަށް މުރާސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްޓީވް

    ލަދެއް ނުގަނޭ!! ޗައިނީސް އާ ކޮޕީން ހޯމީ

  2. އެމް.ވީ.ޓެކް

    ލަދު ގަނެބަލަ. އައިފޯނު ހަދަނީ ވެސް ޗައިނާގެ ކުންފުނި އަކުން.