ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކުއްތާއެއް ފުލުހަކަށް ޙަމަލާ ދިނުމާއި ގުޅިގެން އޭނާއަށް ސީރިއަސް ހާލުގައި ފަރުވާދީފިއެވެ.

އިއްޔެގެ ވަގުތެއްގައި އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިސޫރީގެ ފުލުހުންގެ އިދާރާގައި މަސައްކަތްކުރަމުންދިޔަ ފުލުހަކަށް ކުއްތާއެއް ޙަމަލާ ދިނުމާއި ގުޅިގެން ލިބުނު އަނިޔާއަށްފަހު އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު، އިމަޖެންސީގައި އޭނާގެ ސާޖަރީއެއްވެސް ވަނީ ހަދާފައެވެ.

މި ހާދިސާ ހިނގީ، ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ގެއެއް ރެއިޑް ކުރުމަށް އުޅުނު ފުލުހެއްގެ ގައިގައި، އެގޭތެރެއިން ނިކުތް ކުއްތާއެއް ދަތްއެޅުމުންނެވެ. އެ ކުއްތާ ދަތްއަޅާފައިވަނީ އެ ފުލުސް މީހާގެ އަތުގައެވެ. އެއާއި އެކު އޭނާ ވަނީ އޭނާގެ އަތުގައި އެވަގުތު އޮތް ފިސްތޯލައިން ކުއްތާގެ ގަޔަށް ބަޑި ޖަހާފައެވެ. ނަމަވެސް އެ ޙަމަލާގައި ކުއްތާ މަރުވެފައެއް ނުވެއެވެ.

މި ހާދިސާއަށްފަހު އެ ފުލުސް މީހާއަށް ލިބުނު އަނިޔާ ފެންނަ ބައެއް ފޮޓޯތައް ޢާންމުވެފައިވާއިރު، އޭނާގެ ޔުނީފޯމާއި ބުލެޓް ޕްރޫފް ވެސްޓްވެސް ލެއިން ފޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ނޫސްތަކުގައި ވަނީ ދައުރުވެފައެވެ.

އިއްޔެގެ ހާދިސާގައި އުމުރުން 27 އަހަރުގެ އެ ފުލުސް މީހާގެ ގައިގައި ކުއްތާ ދަތްއެޅުމުގެ އިތުރުން އޭނާގެ ލޮލުގެ ކައިރިންނާއި ތުންފަތްވެސް ފަޅައިގެން ގޮސް ވަރަށް ބޮޑަށް އަނިޔާ ލިބިފައި ވެއެވެ. ސާޖަރީއަށްފަހު މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    ތިވާނީ ކަނޑު ކުއްތާއަކަށް....